English Edition
Dhivehi Edition

މިއަހަރުގެ ދިރާގް ރޯޑް ރޭސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ދިރާގު 12 ވަނަ ރޯޑް ރޭސް މިއަދު ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގައެވެ.

ރާއްޖެއިން ބޭރުގެ ދުވުންތެރިންނާއި ގައުމީ އެތްލީޓުންނާއި ސްކޫލްތަކާއި އިތުރު ކެޓަގަރީތަކުން މި ފަހަރުގެ ރޭހުގައި ޖުމްލަ 4000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވިއެވެ.

މިފަހަރުގެ ރޭސް ކުރިއަށް ދިޔައީ ޓައިމިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ ދުވުންތެރިއެއްގެ ދުވުންވެސް ވަގުތުން މޮބައިލް ފޯނުން ބަލާލެވޭނެ އިންތިޒާމާއި އެކުގައެވެ. އަދި ރޭސް ނިންމި ކޮންމެ ބައިވެރިއަކަށް ދިރާގުންވަނީ ރޭސް ނިންމި ކަމުގެ މެޑެލް ދީފައެވެ.

ދުވުންތެރިން ރެޖިސްޓާ ކުރުމުގައި އެންމެ ގިނައި ހިޔާރުކުރި ޖަމިއްޔާތަކަށް ބަލައިގެން ދުވުންތެރިންގެ މެދުގައި އެންމެ މަގުބޫލު ފަސް ޖަމިއްޔާއަށް ދިރާގުންވަނީ 200000 ރުފިޔާގެ ފައިސާގެ އެހީ ދީފައެވެ. މީގެ އިތުރުން ރޭހުގެ ބައިވެރިންގެ ގޮތުގައިވެސް ފަސް ޖަމިއްޔާއަކަށްވަނީ ފައިސާގެ އެހީ ދީފައެވެ.

މިފަހަރުގެ ރޭހުގައި ފާހަގަކޮށްލެވޭ ވަނަތައް ހޯދާފައިވާ ފަރާތްތަަކަކީ:

ފަސް ކިލޯ މީޓަރު ފިރިހެން: މުހައްމަދު ރަޝީދު (މޯޑު)

ފަސް ކިލޯ މީޓަރު އަންހެން: ވަފިއްޔާ މުހައްމަދު

10 ކިލޯ މީޓަރު ފިރިހެން: ހުސެއިން ފަޒީލް ހާރޫން

10 ކިލޯ މީޓަރު އަންހެން: މަރިޔަމް އަބްދުލްކަރީމް (މަރީ)

45 އަހަރުން މަތި ފަސް ކިލޯ މީޓަރު ފިރިހެން: އިބްރާހިމް ނައީމް

45 އަހަރުން މަތި ފަސް ކިލޯ މީޓަރު އަންހެން: ފާތިމަތު ސީމާ

ސްކޫލް ކެޓަގަރީގެ 13 އަހަރުން މަތި (ފިރިހެން): އިސްމާއިލް މަސޫން އަހުމަދު

ސްކޫލް ކެޓަގަރީގެ 13 އަހަރުން މަތި (އަންހެން): މަރިޔަމް ޔާނާ ނާސިހް

ސްކޫލް ކެޓަގަރީ 13 އަހަރުން ދަށް (ފިރިހެން): އަބްސަލް އަބްދުﷲ އާދަމް

ސްކޫލް ކެޓަގަރީ 13 އަހަރުން ދަށް (އަންހެން): މަރިޔަމް ސާރާ އިސްމާއިލް

ޓެގު