ކ. މާފުށިން ފިހާޅޮހި އައިލެންޑް ރިސޯރޓަށް ދަތުރުގޮސް މޫދަށް އެރި އުޅުނު ފިރިހެން ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ފަތުރުވެރިޔާގެ ހަށިގަނޑު ކޯސްޓްގާޑު ޑައިވަރުންނަށް ކަނޑުގެ އަޑިން ފެނިފައި ވަނީ މިއަދު ހެނދުނު 8:45 ހާއިރު ކަމަށް އެމްއެންޑީ އެފް އިން ވިދާޅުވި އެވެ.
ގެއްލުނު ފަތުރުވެރިޔާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުްނދިޔައީ ކ. މާފުށީގައެވެ. ނަމަވެސް އެއީ ކޮންގައުމެއްގެ ފަރުތުވެރިއެއް ކަމައެއް އެމްއެންޑީއެފް އިން ހާމަކޮށްފައި ނުވެއެވެ.
އެ މީހާ ގެއްލުނު ކަމުގެ ރިޕޯޓް އެމްއެންޑީއެފްގެ ކޯސްޓްގާރޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ 14:49 ހާއިރުއެވެ. އެ ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް (އެފްއައިސީ) “ދޮށިމޭނާ” ގައި އެމްއެންޑީއެފްގެ ޓީމެއް އެސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ފެށި ކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.