English Edition
Dhivehi Edition

ހޭންޑް ފުޓް އެންޑް މައުތް ބައްޔަކީ ވައިރެސް އަކުން ފެތުރޭ ބައްޔެކެވެ. މިބަލި ފެތުރެން ދިމާވަނީ ބަލީގެ ވައިރަސް ހުރި އެއްޗެއްގައި ޖެހުމުން ނުވަތަ ބަލި ހުރި މީހެއްގެ ފަރާތުންނެވެ.މިއީ ވަރަށް އަވަހަށް ފެތުރޭ ބައްޔެކެވެ.އާންމުކޮށް ބޭނުންކުރަށްވާ އެއްޗެހިން މިބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ.މިގޮތުން ގޭގެ ދޮރުގެ ހިފާތަން އަދި ކުޑަކުދިން ގެންގުޅޭ ކުޅޭ ސާމާނުފަދަ ތަކެތި ހިމެނެއެވެ.

ބަލީގެ އަލާމާތްތައް ހޭންޑް ފުޓް އެންޑް މައުތް ބަލީގެ އަލާމާތްތަކަށް ބަލާއިރު ހުންއަސް ކަރަށް ތަދުވުން ހިމެނެއެވެ.އަދި ކުޑަކުދިންނަށް މިބަލި ޖެހިފައިވާނަމަ ކެއުމުން އެކުދިން ދުރުވެއެވެ. އަނގައިގެތެރޭގައި ބިހިނެގުމާއި ކެއްސުން އަދި ދޫ ދުޅަވުންވެސް މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އަތްތިލަ އަނގަ އަދި ކަކުލުގައި ރަތްކުލައިގެ ލައްގަނޑު ކަހަލަ ތަންތަން ހުރެއެވެ.

މިބައްޔަކީ ވަރަށް އަވަހަށް ރަނގަޅުވާ ބައްޔެކެވެ. މިބައްޔަ އެއްވެސް ބޭހެއް އަދި ވެކްސިންއެއްވެސް ހެދިފައެއް ނެތެވެ. މިބަލިން ރަނގަޅުވާން 7 ދުވަހާއި 10 ދުވަހުގެ މުއްދަތެއް ނަގާފާނެވެ. ބަލީގެ އަލާމާތްތަށް ފެންނަން ފެށުމުން ވީހާވެސް އަވަހަށް ޑޮކްޓަރަށް ދައްކަން ދިއުން ބުއްދިވެރިއެވެ.

މި ބައްޔަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ޖެހިދާނެ ބައްޔެކެވެ.ހާއްސަކޮށް ކުޑަކުދިންގެ ތެރޭގައި މިބަލި ފެތުރުން ވަރަށް އަވަސް ވާނެއެވެ.ބަލި ފެތުރުން އެންމެ އަވަސްވާ ދުވަސްވަރަކީ ބަލިޖެހިގެން ހަތްދުވަސް ވުމުންނެވެ. ބަލިން ފަރުވާ ހޯދާ ބަލީގެ އެއްވެސް އަލާމާތެއް ބޭރުން ފެންނަން ނެތަސް ދުވަސްކޮޅެއްވަން ބަލީގެ ވައިރެސް ހަށިގަނޑުގެ ތެރޭގައި ހުރެއެވެ.އެހެންކަމުން މިދުވަސްވަރުވެސް ސާފްތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުން ވަރަށް މުހިންމެވެ.