ހީނާ ޙާން(އަކްޝަރާ) އަކީ 2009 ވަނަ އަހަރު ސްޓާ ޕްލަސްއިން ދައްކަން ފެށި ޑްރާމާ ސިލްސިލާ ‘ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ’ އިން ގިނަ ބައެއްގެ ލޯތްބާ މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ. އެ ޑްރާމާގައި އަކްޝަރާގެ ރޯލުން ފެނިގެން ދިޔަ ހީނާ އަކީ ޑްރާމާގައި ވަރަށް މަޑުމައިތިރި، އެހެން މީހުންގެ އިހްސާސްތައް ދަންނަ އަދި އެހެންމީހުންގެ އުފަލަށްޓަކައި ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ހުންނަށް އަންހެންކުއްޖެކެވެ. އެ ޑްރާމާގައި ހީނާގެ ފަރާތުން ފެނުނު މޮޅު ހުނަރުގެ ސަބަބުން ގިނަ ބައެއްގެ ލޯބި ލިބިފައިވާއިރު، ޑްރާމާއިން އޭނާ ވަކިވި ފަހުންވެސް އޭނަގެ ވާހަކަ އަބަދުވެސް ދައްކަމުން ދެއެވެ
ޔޭ ރިޝްތާއަށް ފަހު ރިއަލިޓީ ޝޯ ‘ކަތްރޯކާ ކިލާޅީ’ އާއި ‘ބިގްބޮސް’11 ގައި ހީނާވަނީ ބައިވެރިވެފައެވެ. އަދި ބިގްބޮސް11 ގައި ހީނާ އުޅުނު ގޮތުން ކުރިން އޭނާއަށް ސަޕޯޓްކުރަމުން ދިޔަ ގިނަ ބައެއްގެ ރުޅިވެރިކަން އަމާޒުވި ނަމަވެސް އެކަމަކަށް އޭނާ މާ ބޮޑު ފަރުވާލެއް ބެހެއްޓިތަނެއް ފެނިގެން ގޮސްފައެއް ނުވެއެވެ.ހީނާ ވަނީ ބިގްބޮސްއަށްފަހު އޭނާގެ ލޯބިވެރިޔާ ރޮކީ ޖެއިސްވާލް އާއި އެކު ކުޑަ ދުވަސްކޮޅެއްގެ ޗުއްޓީ އެއް ހޭދަކޮށްފައެވެ.
ފިލްމީ މަސައްކަތްތަކާއި ދުރުގައި އުޅުމަށްފަހު ހީނާޙާން މިހާރު މަސައްކަތްކުރަމުންދަނީ އެކްތާ ކަޕޫރްގެ ޑްރާމާ ކަސޯޓީ ޒިންދަގީގައެވެ. މި ޑްރާމާގެ އެންމެ މުހިއްމު އެ ރޯލުކަމަށްވާ ކޮމާލިކާގެ ރޯލުން ހީނާ ފެނިގެންދާއިރު ގިނަ ބަޔަކުވަނީ ހީނާއަށް ކުރިން އެ ޑްރާމާގައި ކޮމާލިކާގެ ރޯލު ކުޅުނު އުރްވަޝީ ދެއްކިފަދަ މޮޅު ހުނަރެއް ދައްކާ އޭނާއާއި ހަމަކޮށްލެވޭނެތޯ ސުވާލުކޮށްފައެވެ
މި ޑްރާމާގައި ހީނާފެނިގެންދާ ރޯލާ ބެހޭ ގޮތުން އޭނާ ބުނީ އަބަދު އެއްކަހަލަ ރަގަޅު ރޯލެއް ކުޅުން މުހިއްމު ނޫންކަމުގައެވެ. “މުހިއްމީ ކޮންމެ ރޯލެއް ކުޅުނު ކަމުގައިވިޔަސް މީހާގެ ހުނަރު. އަހަރެމެންގެ އިންޑަސްޓްރީގެ އެންމެ ބޮޑު މައްސަލައަކީ އަބަދުވެސް އެންމެން ވިސްނަނީ ނުބައިބައި ރޯލަކުން ފެނުމަށްވުރެ ރަގަޅު މީހެއްގެ ރޯލަކުން ފެނުން މުހިއްމުކަމަށް. އެކަމަކު އެއީ އެކަން އޮންނަންވާ ގޮތެއް ނޫން. ރަގަޅު ރޯލާ ނުބައި ރޯލަކީވެސް ހަމަ އެއްވަރަކަށް މުހިއްމު ރޯލުތައް”ހީނާ ބުނެފައިވެއެވެ
ޓްރެއިލާ ފެށޭ އިރު އެ އަންނަ ރާގު ކޮޅާ، “ނިކާ” އޭ ކިޔާ ތަންކޮޅުގެ އަޑު ޖެހުމުން ވެސް ސިލްސިލާ އެކެއްގައި ދެއްކި ކޮމަލިކާގެ ނުބައިކަން ހިތަށް އަރައެވެ. ސިލްސިލާ ދޭއްގައި ފެންނަ ކޮމަލިކާ ވެސް އެހާ ނުބައި ވާނެ ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ
މިހާރު ސްޓާޕްލަސް އިން ދައްކާ ކަސޯޓީގައި އަދި ކޮމާލިކާގެ ރޯލު ފެނިފައި ނުވާއިރު އެ ޑްރާމާގެ އިޝްތިހާރުން މިހާރު ކޮމާލިކާ ފެންނަމުންދެއެވެ. އަދި ކޮމާލިކާގެ ގޮތުގައި ހީނާ ތައާރަފްކޮށްދިނުމަށް އެކްތާ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ
މިފަހަރުގެ ސިލްސިލާއިން ޕްރޭނާގެ ރޯލުން ފެންނަނީ އެރިކާ ފެނަންޑޭޒްއެވެ. އަދި އޭނާގެ ލޯބިވެރިޔާ އަނޫރާގުގެ ރޯލު ކުޅެނީ ޕާތު ސަމްތާންއެވެ