English Edition
Dhivehi Edition

ބަހުރެއިން ސަރުކާރުން އިންތިޒާމުކޮށްގެން ބަހުރެއިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ‘ފަސްޓު އިންޓޭނޭޝަނަލް ގްލޯބަލް ޔޫތް ފެސްޓިވަލް ފޯ އެސް.ޑީ.ޖީސް”ގައި ބައިވެރިވުމަށް އައްޑޫސިޓީގެ ހުޅުދޫ ،ސަފާތު އަޙްމަދު ޒާހިރު ބަހުރެއިން އަށް ފުރައިފިއެވެ.

އޮކްޓޯބަރ މަހުގެ 20-26 އިން ބަހުރެއިން ގައި ކުރިއަށް ގެންދާ މިފެސްޓިވަލަކީ އ.ދ. ގެ ދެމެހެއްޓެނިވި ލަނޑުތައް ޒުވާނުންގެ މެދު ހޭލުންތެރިކޮށް، މުސްލިމް އަދި އަރަބި ގައުމުތަކުގެ ޒުވާނުންނަށް އަމާޒުކޮށް ބާއްވާ އެންމެ ވަރުގަދަ އެއް ކޮންފަރެންސްއެެވެ. މިކޮންފަރަންސްއަކީ ބަހުރެއިންގެ ޝާހީއާއިލާގެ ފަރާތުން ބަހުރެއިން ސަރުކާރުން އިންތިޒާމުކޮށް ބާއްވާ ކޮންފަރެންސްއެކެވެ.

މިކޮންފަރަންސްއާއި ގުޅޭގޮތުން، އޭއޯ ނިއުސްއަށް ދެއްވި އިންޓަރވިއުގައި ސަފާތު ވިދާޅުވީ، ” މިކޮންފަރެންސްގެ ސަބަބުން އަރަބި އަދި މުސްލިމް ޒުވާން އަހުންނާއި އުހުތުނާއި ބައްދަލުކޮށް ގުޅުން ބަދަހި ކުރަން ލިބުނު ވަރަށް ބޮޑު ފުރުސަތެއް. މިގުޅުންތަކުގެ ސަބަބުން ރާއްޖެއަށާއި ދިވެހި ޒުވާނުންގެ ކުރިމަގަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ. އަރަބި މުސްލިމުންގެ ސަގާފަތާއި ދީނީ އާދާކާދަތައް ދަސްކުރުމަށްވެސް ލިބޭ ބޮޑު ފުރުސަތެއް. ” ކަމަށެވެ.

އައްޑޫ ހުޅުދޫ ދާއިރާޔަށް ނިސްބަތްވާ، ސަފާތު އަހުމަދު ޒާހިރަކީ އިޖްތިމާއީ ދާއިރާގައި ފާހަގަ ކޮށްލެވޭ ކަނބަލެކެވެ. ސަފާތުކުރައްވަވާ މަސައްކަތްތައް ފާހަގަކޮށް އިނގިރޭސި ޝާހީ އާއިލާއިން 2016 ވަނަ އަހަރު، އިނގިރޭސި ރާނީގެ އެވޯޑުންވެސްވަނީ ސަފާތަށް ދެއްވާފައެވެ. އަދި 2017 ވަނަ އަހަރު މަޝްހޫރު ފޯބްސް މެގަޒިން އިން ހޮވާ އޭޝިއާގެ އެންމެ ނުފޫޒުގަދަ 30 ޒުވާނުންގެ ތެރޭގައިވސް ސަފާތު ވަނީ ހިމަނައިފައެވެ. ވޭތުވެދިޔަ އަހަރުތަކުގައި އިދިކޮޅު ސިޔާސީ ހަރަކާތްތަކުންވެސް އާއްމުކޮށް ފެންނަ ސަފާތުއަކީ ޑިމޮކްރަސީއަށާއި އިންސާނީ ހައްގުތަކައް ގަދައަޅާ މަސައްކަތްކުރަމުން އަންނަ ހިތްވަރުގަދަ ޒުވާނެކެވެ.