English Edition
Dhivehi Edition

އުމުރުން މިހާރު 18 އަހަރުވެފައިވާ އަކްޝޭ ދަވަން އަކީ އިންޑިޔާގެ ޕަންޖާބަށް އުފަން ހުނަރުވެރި އާޓިސްޓެކެވެ.

އަކްޝޭ އާންމުންގެ މެދުގައި މަގުބޫލްވީ ސްޓާޕްލަސް އިން މިދިޔަ ޖުލައި 7 ވަނަ ދުވަހު ދައްކަންފެށި ޝޯވް “ދިލްހޭ ހިންދުސްތާނީ” އިންނެވެ. ޝޯވް ގެ ބެލުންތެރިންގެ އިތުރުން ތިން ޖަޖުން ކަމަށްވާ ސުނީދީ ޗޯހަން، ބާދްޝާ، ޕްރީތަމް އަށް އަކްޝޭގެ ފުރަތަމަ ހުށަހެޅުންވެސް ވަރަށް ކަމުދިޔައެވެ. އަކްޝޭ އަކީ “ރެޕާ” އެކެވެ. އަކްޝޭގެ ފުރަތަމަ ލަވަ “މޭރީމާ” ހާއްސަކޮށްފައި ވަނީ އޭނަގެ މަންމައަށެވެ. އެލަވައިން މުޅިއޯޑިއެންސް އަދި ޖަޖުން ރޮއްވާލި އިރު އޭނަގެ ދެވަނަ ލަވަ ހާއްސަކުރީ ކުޑައިރުއްސުރެ އޭނަ ގަނާގެ ޝިކާރައަކަށް ވެފައިވާތީ އެވާހަކަ ހިއްސާކޮށްލުމަށް “އާޖްސެބުލީބަންދް” ގެ ނަމުގައި ހުށަހެޅި ލަވައިންނެވެ.

ދިލްހޭހިންދުސްތާނީ ޝޯވްގައި “އާޖްސެބުލީބަންދް” މިލަވަ ވަރަށް އަސަރާއެއްކޮށް ހުށަހަޅައިދުނުމަށްފަހު އަކްޝޭބުނެފައިވަނީ އޭނާއަކީ ކުޑައިރުއްސުރެ ގަނާގެ ޝިކާރައަކަށްވެ ފައިވާ ކުއްޖެއްކަމަށެވެ. ސްކޫލްތެރެއިން އަބަދުވެސް އޭނަ އަށް ކުދިން ފުރައްސާރަކޮށް ވަރަށް އަނިޔާދީފައި ވާކަމަށް ޝޯވްގެ ތެރެއިން އަކްޝޭބުނެފައިވެއެވެ. އޭނާ ބުނެފައި ވަނީ ކްލާސްކުދިންތަކެއް އޭނަކޮއްޕާ ވައްޓާލުމުން އަނގައިގެ ދަތެއް ބިނދިފައިވާ ކަމަށެވެ. އެވަގުތު އޭނަގެ މަންމަ ޝޯވްގައި ހުއްޓާ ބުނެފައިވަނީ މިއަދު ތިމަންނަގެ ދަތް ބިންދައިގެން ދިޔަސަބަބު މަންމަޔަށް އެނގުނުނަމަވެސް މީގެކުރިން މަންމަ ސުވާލުކުރުމުން ބުނެފައިވަނީ އެހާދިސާހިނގީ ވެއްޓިގެން ކަމަށެވެ.

ދިލްހޭ ހިންދުސްތާނީ ޝޯވްގެ ގްރޭންޑް ފިނާލޭ މިދިޔަ ސްޕްޓެމްބަރ 30 ވަނަދުވަހު ފެނިގެންދިޔައިރު އެޝޯވް ގައި އިތުރުހަތަރު ބަޔަކާ ވާދަކޮށް ފުރިހަމަ އެއްވަނަ ހާސިލްކޮށްގެން ޝޯވް ކާމިޔާބްކުރީ އަކްޝޭދަވަން އެވެ. އަކްޝޭގެ ލަވަތަކުން ސަޕޯޓަރުންގެ އިތުރުން ޖަޖުން ގެ ލޯބިލިބި ގެން ދިޔައީ އޭނަގެ ކޮންމެ ރެޕެއްވެސް ހާއްސަކޮށްފައި ވަނީ މުޖްތަމައުގައި ހިނގާ ކަންތަކަށް ހާއްސަ މެސެޖެއްގެ ގޮތުގައި ގެނެސްދީފައިވާތީއެވެ.

ދިލްހޭ ހިންދުސްތާނީގައި އަކްޝޭވަނީ ބޮލީވުޑްގެ އެކްޓަރ ދަރްމެންދްރާ އަށް ހާއްސަކޮށްގެން ލަވައެއް ރެޕްކޮށްފައެވެ. އެވަގުތު އަކްޝޭ ޝޯވްގައި އެލަވަ ރެޕް ކުރަމުން ދިޔައިރު ދަރްމެންދްރާ ގެ ލޯ ކަރުނައިން ފުރިފައިވާއިރު “އާޖްސްބުލީބަންދް” ހުށަހެޅިއިރު ޖަޖް ސުނީދީ ގެ އިތުރުން އަކްޝޭވަނީ މުޅި އޯޑިއެންސް ރޮއްވާލާފައެވެ.

އަކްޝޭ ގަނާގެ ޝިކަރައަކަށް ވިނަމަވެސް އެތައް ހިތާމައަކާ ހިތްދަތިމަކަކުން ސަލާމަތްވެ މިއަދު އެންމެންގެ ލޯބި ލިބިފައިވާ ހިތްވަރުގަދަ ކުއްޖެއްކަމަށް އަކްޝޭގެ މަންމަ ވަނީ އޭނަސިފަކޮށްފައެވެ. އަދި އޭނަގެ ދަރިފުޅަށް ދިމާވިފަދަ ހިތްދަތި ކަމެއް އެހެންކުއްޖަކަށް ދިމާނުވުމަށް އޭނައެދުނެވެ.