ކުރީގެ ނައިބްރައީސް އަހްމަދު އަދީބް ޑޮކްޓަރަށް ދައްކަން މިއަދު އައިޖީއެމް އެޗަށް ގެނެސްފިއެވެ.
އެނގިފައިވާ ގޮތުގައި މިއަދު އަދީބް މާލެގެނެސް ދައްކާފައިވަނީ ލޮލުގެ ޑޮކްޓަރަކަށެވެ. އައިޖީއެމްއެޗްގައި ހުންނަ ލޮލޮގެ ޑިޕާޓްމެންޓުން އަދީބް ނުކުންނަ މަންޒަރު ފެނިފައިވާއިރު އަދީބް ޑޮކްޓަރަށް ދައްކި ސަބަބެއް ސާފެއްނުވެއެވެ.
އަދީބަށް ނުރައްކާތެރި ސިއްހީ ހާލަތުތަކެއް ކުރިމަތިވެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވާ ކަމަށާއި އަދި ކިޑުނީގައި ހިލަ އުފެދުމުގެ އިތުރުން ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލޮކޮމާ ލޮލަށް ޖެހިފައިވާ ކަމަށް އަދީބުގެ އާއިލާއާއި ގާނޫނީ ވަކީލުން އަންނަނީ ބުނަމުންނެވެ
ތަފާތު އެކި ކުށްތައް ސާބިތުވެ އަދީބްދަނީ 33 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންނެވެ.