English Edition
Dhivehi Edition
ވެނޭސާ އަދި ޖޯޖްކްލޫނީ "އީއާރު" ގެ މަންޒަރެއްގައި

މެޑިކަލް ޑްރާމާ ސީރީސް އެއްކަމަށްވާ “އީއާރު” ގައި ނަރުހެއްގެ ރޯލު ކުޅުނު ވެނޭސަ މާކުއެޒް މަރުވެއްޖެއެވެ.

ބޭރުގެ ނޫސްތަކުގައި ބުނެފައި ވާގޮތުގައި އުމުރުން 49 އަހަރުގެ ވެނޭސާގަޔަށް އޭނަގެ ގޭގައި މިދިޔަ ބުރާސްފަތި ދުވަހު ބަޑިޖަހާ މަރަލީ އެމެރިކާގެ ފުލުހުންނެވެ.

ވެނޭސާގެ މަރާބެހޭގޮތުން ފުލުހުން ދިން ބަޔާނެއްގައި ބުނެފައިވަނީ ، ފުލުހުން އެގެއަށް ދިޔައީ ވެނޭސާގެ ގޭގެ ވެރިފަރާތުން ގުޅާފައި އޭނަ އަށް ސެއިޒާ އެޓޭކް އެއް އައިސްގެން އުޅޭތީ އެހީވުމަށެވެ. ފުލުހުން ބުނެފައިވަނީ އެގެއަށް ފުލުހުން ދިޔައިރު ވެނޭސާގެ ހާލު ވަރަށް ގޯސްކަމަށެވެ. ސިކުނޑީގެ މައްސަލައަކަށް ފަރުވާ ހޯދަމުން އަންނަ ވެނޭސާ ސެއިޒާ އެޓޭކަށް ފަހު ހަމަޔަކަށް އެޅުމުން ފުލުހުން ބުނީ އޭނައާ ވަރަށް ގިނައިރުވަންދެން ވާހަކަ ދެއްކިކަމަށެވެ. ފުލުހުން ބުނެފައިވަނީ ވެނީސާގާތު 90 މިނެޓަވަންދެން މަޑުކޮށްގެން ދެއްކީ އޭނަގެ މެންޓަލް މައްސަލައަށް ފަރުވާ ހޯދުމާއި ބެހޭގޮޮތުން ކަމަށެވެ . އެބަޔާނުގައި އިތުރަށް ބުނެފައިވަނީއެވާހަކަތައް އަޑު އެހުމަށްފަހު ކުއްލިއަކަށް ވެނޭސާ ބަޑި ނަގާ ފުލުހަކަށް ހަމަލާދޭން އުޅުނު ކަމަށާއި ހަމަ އެވަގުތު ދިފާއުގައި ފުލުހަކު އޭނަގަޔަށް ބަޑިޖެހިކަމަށެވެ.

ވެނޭސާގަަޔަށް ފުލުހުން ބަޑި ޖެހުމާއެއްކޮށް އޭނަ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ކުޑައިރުކޮޅެއްފަހުން އޭނާ މަރުވިއެވެ. ވެނޭސާގެ ގާތް އެކުވެރިއަކު ބުނެފައި ވާގޮތުގައި އޭނަގެ ސިއްހީމައްސަލަތަކެއް އުޅެއެވެ. އަދި ފައިސާގެ ދަތިކަމުގެ މައްސަލަތައް ވެސް އުޅޭކަމަށާއި ނަމަވެސް ޑިޕްރެޝަންހުންނަކަމެއް ނޭނގޭ ކަމަށެވެ.

ވެނޭސާ ކުޅެފައިވާ މަޝްހޫރު ސީރީސްތަކުގެ ތެރޭގައި އީއާރު، ސްޓޭންޑް އެންޑް ޑެލިވަރ ހިމެނެއެވެ.