English Edition
Dhivehi Edition

.އިންޑިއާގެ ހިންދޫންގެ ކަންކަން ކުރިއެރުވުމަށް 1915 ގައި އުފެއްދި އަހީލް ބާރަތް ހިންދޫ މަހާބާގެ ވެބްސައިޓް ހެކްކޮށް އެ ވެބްސައިޓްގައި ޓްރެޑިޝަނަލް ކެރެލާ ގެރިމަސް ރިހަ ކައްކާނެ ތަފްސީލު ރެސިޕީއެއް ޕޯސްޓް ކޮށްފިއެވެ.

މި ވެބްސައިޓް ހެކްކޮށްފައިވާ ދަނޑިވަޅަކީ އަހީލް ބާރަތް ހިންދޫ މަހާބާގެ ޗީފް ސުވަމީ ޗަކްވަރަޕާނީ ކެރެލާއަށް ދިމާވެގެންއުޅޭ ފެންބޮޑުވުމުގެ ހާދިސާ އެއީ ގުދުރަތީ ކަމެއް ނޫންކަމަށް ބުނެފައިވަނިކޮށެވެ. 5.61ލައްކަ މީހުންނަށް މި ހާދިސާގައި ގެއްލުންވިއިރު 200 އެއްހާ މީހުންވަނީ މަރުވެފައެވެ.

އޭނާ ބުނީ އެއީ ކެރެލާގައި ގެރިއަށް އިޙްތިރާމްނުކޮށް ގެރި ކަތިލާތީ އެކަމުގެ ބަދަލެއްގެ ގޮތުންކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މީނާ ވަނީ ގެރި ކަތިލާ އަދި ކަތިލުމަށް އެހީވާ މީހުންނަށް އެ ޤައުމުގެ ސަރުކާރުންނާއި ހިންދޫގެ ޖަމިއްޔާ ތަކުން މި މީހުންނަށް އެހީ ނުވުމަށް ގޮވާލާފައެވެ.

މި ވެބްސައިޓް ހަދާފައިވަނީ ވަރަށް ގިނަ ސިޔާސީ މީހުންގެ ފޮޓޯތައް ޖަހާފައެވެ.ނަމަވެސް މިހާރު މި ވެބްސައިޓުގައި ހުރީ ކަޅު ކަވާ ފޮޓޯއެއްލާފައެވެ.އަދި އެކި ވައްތަރުގެ ގެރިމަހުގެ ބާވަތްތައްވެސް ޕޯސްޓްކޮށްފައި މި ވެބްސައިޓްގައި އެބަ ހުއްޓެވެ.