English Edition
Dhivehi Edition
ފޮޓޯ: ޕޮލިސްލައިފް

15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.

ރޭ ދަންވަރު ޕޮލިސް ލައިފްގައި ފުލުހުން ބުނެފައިވަނީ 2018 އޮގަސްޓް 24 ވަނަ ދުވަހު މީސްމީޑިއާ “ފޭސްބުކް” ގައި އަންހެން ކުދިންތަކެއް ބައިވެރިވެގެން ކުޑަ އަންހެން ކުއްޖެއްގެ ގައިގާ ތަޅާ މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯގައި އަނިޔާ ލިބުނު ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންވަނީ އެ ވީޑިއޯ އެނަލައިޒްކޮށް ކުއްޖާ ދެނެގެންފައެވެ.އަދި އެކުއްޖާގެ އާއިލާއާ ވާހަކަ ދެއްކުމުން، އޯގަސްޓް 19 ވަނަ ދުވަހުން ފެށިގެން އާއިލާގެ ފަރާތުން މިކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވެއެވެ. ނަމަވެސް ފުލުހުންނަށް މި ކުއްޖާ ގެއްލިގެން އެއްވެސް ފަރާތަކުން ރިޕޯރޓްކޮށްފައިނުވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ގެއްލިގެން ހޯދަމުންދާ އަންހެން ކުއްޖަކީ ގދ.ތިނަދޫ / އާބާދުވާދީ، ނަޝްފާ ޙަސަން (15އ) އެވެ.އަދި މިކުއްޖާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެ ޑިއުޓީ ނަންބަރ 3000600 އަދި 9790163 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.