English Edition
Dhivehi Edition

ކެމަލް ފްލޫ ނުވަތަ އެމްއީއާރު އެސް (މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް) އަށް މެދު އިރުމަތީ މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ބޭރުގެ ހަބަރުތައް ބުނާގޮތުގައި މިމީހާއަށް އިނގިރޭސި ވިލާތުގެ ލީޑްސްގައި ފަރުވަދިނުމަށްފަހު މިހާރު ދަނީ ލިވަޕޫލްގެ ހޮސްޕިޓަލެއަގައި ފަރުވާ ދެމުންނެވެ.

އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ބުނާގޮތުގައި އެގައުމުން 2013 ވަނަ އަހަރު މިބަލި ފެނުނުފަހުން ކެމަލް ފްލޫ އަށް އަލަށް މިހާރު ޕޮސިޓިވްވި މީހާ ދަތުރު ކޮށްފައި ދިޔައީ ސައުދި އަރަބިޔާއިން މެންޗެސްޓަރ ޔުނައިޓަޑަށެވެ. އަދި މިބައްޔަކީ ފަސޭހަކަމާއި އެކު ފެތުރޭ ބައްޔަކަށް ވުމުން މިހަރު އެމީހާ ދަތުރު ކުރި ފްލައިޓްގައި އޭނަކައިރީ ތިބި މީހުންވެސް މިބައްޔަށް ޓެސްޓުކުރަމުން ދާކަމަށް ކަމާއިބޭހެ ފަރާތްތަކުން މައުލޫމާތު ދެއެވެ.

ކެމަލް ފްލޫއަކީ ގައިން ގަޔަށް އަރާބައްޔެއްކެވެ. ކެމަލް ފްލޫޖެހެނީ ބަލި ޖެހިފައިވާ ޖަމަލެއްގައި ގައި އަތްލުމުންނެވެ. މިބަލި ޖެހުމުން އާދައިގެ ރޯގާއެއްގެ ނިޝާންތަށް ފެނި (ކެއްސާ، ހުންއައިސް، ނޭވާލާން އުނދަގޫވެ، ބައެއްފަހަރި ބޭރަށްހިނގާ ހޮޑުލެވި) ނިއުމޯނިޔާ އަށް ބަދަލުވެ ކިޑްނީ ފެއިލްވެ ބަލީގެ ކުރީކޮޅު ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ނުރައްކާވެއެވެ.

ލިވަޕޫލްގެ ހޮސްޕިޓަލުން މައުލޫމާތު ދޭގަޮތުގައި މިމަހު 16 ވަނަދުވަހު ސައުދި އަރެބިޔަން ފްލައިޓަކުން ޖިއްދާ އަށް ދަތުރު ކޮށްފައި ވާ އެ މީހާގެ ހާލު މިހާރު ދަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. ހޮސްޕިޓަލުން ބުނާގޮތުގައި އެމީހާ ޔޫކޭ އަށް އައުމުގެ ކުރިންވެސް އެމީހާގެ ގައިގައި ވައިރަސްހުރިކަމަށް ލަފާކުރެވެއެވެ. ހޮސްޕިޓަލުގެ ޑެޕިއުޓީ މެޑިކަލް ޑިރެކްޓަރ ޖެނީ ބުނެފައިވަނީހޮސްޕިޓަލުން ވަނީ އެމީހާގެ ރައްކަލަކަށް ނަމާއި އުމުރު އަދި ގައުމު ސިއްރުކުރެވިފައެވެ.

އާންމުކޮށް އަރަބި ގައުމުތަކުން ފެންނަ މިބަލީގެ %90 ކޭސް ފެނިފައި ވަނީ ސައުދި އަރަބިޔާއިންނެވެ. މިބަލީގެ އެންމެ ފަހުގެ ކޭސް ރިކޯރޑް ކުރެވިފައިވަނީ 2018 ވަނަ އަހަރު މެލޭޝިއާއިން އުމްރާއަށް ދިޔަމީހަކު ކެމަލްފާމްއަކަށް ގޮޮސް އެނބުރި އައިފަހުން އޭނަގެ ގައިންނެވެ.

އެމްއީއާރު އެސް (މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް) 2012 ވަނަ އަހަރު ފުރަތަމަ ހޯދިފައިވާއިރު ވޯލްޑްހެލްތް އޯގަނައިޒޭޝްނުން ބުނެފައި ވާގޮތުގައި މިހާތަނަށް މިބައްޔަށް 2230 މީހުން ޕޮޒިޓިވް ވެ 719 މީހުން މިބަލީގައި ދުނިޔެދޫކޮށްފައި ވެއެވެ.