English Edition
Dhivehi Edition
މިޝޭލްސްޓާލިންގް އަނބިމީހާ އާއެކު (ކ) ސަމަންތާ އީސްޓްވުޑްސް ކުރީގެ ލޯބިވެރިޔާއާއެކު (ވ)

ގެއްލުނުތާ 8ދުވަސް ފަހުން، މަރާލާފައި އޮއްވާފެނުނު އުމުރުން 28 އަހަރުގެ ނަރުސް މަރާލި ކަމުގެ ތުހުމަތުގައި އޭނަގެ ކުރީގެ ލޯބިވެރިޔާގެ ޅިޔަނުހައްޔަރު ކޮށްފިއެވެ.

އިނގިރޭސިިލާތުގެ ނަރުސް، ސަމަންތާ އީސްޓްވުޑް ޖުލައި 27 ވަނަދުވަހު ހޮސްޕިޓަލުން ޑިއުޓީ ނިންމާފައި ގެއަށް ދިޔަފަހުން ޑިއުޓީ އަށް ނައިސް އޭނަގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ގުޅީ ހޮސްޕިޓަލްގެ އެހެން ނަރުހެކެވެ. ނޫސްތަކުން ރިޕޯޓްކޮށްފައި ވާގޮތުގައި ސަމަންތާވަނީ އެ ހޮސްޕިޓަލްގެ ނަރުސް ކުއްޖެއް ކައިރީ އޭނައަށް ކުރީގެ ލޯބިވެރިޔާގެ ޅިޔަނުގެ ފަރާތުން އިންޒާރު ތަކެއް އަންނަ ކަމަށްބުނެ ސަބަބަކާ ނުލައި ސަމަންތާ ޑިއުޓީއަށް ނައިސް ލަސްވެއްޖިއްޔާ ފުލުހުންނަށް ރިޕޯރޓް ކޮށްދިނުމަށް އެދިފައެވެ.

ސަމަންތާގެ މަރު ތަހުގީގު ކުރަމުން ދާ ފުލުހުން މީޑިއާއަށް މައުލޫމާތު ދީފައި ވާގޮތުގައި ސަމަންތާ ވަގަށްނަގައިގެން ގޮސް މަރާލާފައި އޮޮއްވާ ފެނުނީ ސަމަންތާގެ ގެއިން ފެށިގެން 8 މޭލު ދުރުން ވަލުތެރެއިންނެވެ. ފުލުހުން ބުނެފައިވަނީ ސަމަންތާފެނުނީ ވަރަށް ތިލަކޮށް ކޮނެފައިވާ ވަޅެއްގެ ތެރެއިންކަމަށެވެ. ކޮނެގެން ނެގިއިރު ސަމަންތާގެ ގައިގައި ބްލޭންކެޓެއް އޮޅާލުމަށްފަހު މޫނުގައްޔާއި އަނގައިގައި ޓޭޕް އަޅާފައި ވާކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނެފައިވަނީ ސަމަންތާގެ ޕޯސްޓްމޯޓަމް ހަދާ ބެލި ބެލުމަކުން އޭނަގަޔަށް ބަޑިޖަހާފައި ނޫނީ ތޫނުއެއްޗެއްބޭނުން ކޮށްފައި ވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ނަމަވެސް ފޮރެންސިކް ފުލުހުން ބުނެފައިވަނީ ސަމަންތާގެ ކަރުގެ ކަށިތަކުން ޓެސްޓްހަދަމުން ދާކަމަށާއި ފޮރެންސިކް ޓެސްޓްނިމި އޭނަ މަރުވީ ސަބަބަު ދަނެގަނެވޭނީ އަދި ހަމަސް ފަހުން ކަމަށެވެ.

ސަމަންތާ މަރާލުމަށް ފަހު ވަޅުލާފައި އޮއްވާ ފެނުނު ސަރަހައްދު

ފުލުހުން އިތުރަށް ބުނެފައިވަނީ ފޮރެންސިިކުން ސަމަންތާ މަރުވީގޮތް ތަހުގީގުކޮށްނިމޭނީ ހަމަސްދުވަސްތެރޭގައި ކަމަށްވާތީ ކޯޓަށް މިޝޭލް ހާޒިރުކޮށް މައްސަލަ ކުރިއަށް ގެންދަން ތާވަލް ކޮށްފައި ވަނީ 2019 ވަނަ އަހަރު ފެބްރުއަރީ ހަތަރުވަނަދުވަހު ކަމަށެވެ. މިހާރު ފުލުހުންގެ ބެލުމުގެ ދަށިގައި ހުރީ މިޝޭލް މީގެ ދެދުވަސްކުރިން ކޯޓަށް ހާޒިރުކޮށް އޭނަގެ ނަމާއި އުމުރު އަދި އެޑްރެސް ވަނީ އޮޅުންފިލުވާފައެވެ.

ސަމަންތާއަކީ ރޯޔަލް ސްޓޯކް ޔުނިވަރސިޓީ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދިޔަ ނަރުހެކެވެ. އޭނާ ދިރި އުޅެމުންދިޔައީ އަމިއްލައަށް ގަނެފައިވާ ދެކޮޓަރީގެ އެޕާޓްމެންޓެއްގައި އެކަންޏެވެ. ސަމަންތާގެ ކޮއްކޮ ބުނެފައިވާ ގޮތުގައި ހަތް އަހަރުވަންދެން ޖޯންކިޔާ މީހަކަ ރައްޓެހިވެގެން ސަމަންތާ އުޅުމަށްފަހު ކައިވެންޏަށް ތައްޔާރު ވިފަހުން އެދެމީހުން މައްސަލަތަކެއް ޖެހި ވަކިވީ މިއަހަރު ކުރީކޮޅުގައެވެ. އޭނަ ބުނެފައި ވަނީ ސަމަންތާ ގަނެފައިވާ ބިމުގައި މިޝޭލްމެންގެ އާއިލާއިން “ސަމަރ ހައުސް ” އެއް އިމާރާތް ކޮށްފައިވާނެ ކަމަށެވެ. ސްޓާރލިން އާއިލާއަކީ ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ބައެއްކަމަށްވެސް ސަމަންތާގެ ކޮއްކޮ ބުނެފައިވެއެވެ. އަދި މިދުވަސްކޮޅު އެގޭގެ ތެރޭގައި މިޝެލްމެން މަސައްކަތްތަކެއް ކުރަމުންދިޔަތަންފެނިފައި ވާކަމަށް ސަމަންތާ އުޅޭސަރަހައްދުގެ މީހަކު ބުނެފައި ވެއެވެ.

ސަމަންތާ ގެއްލުމާއި ގުޅިގެން އުމުރުން 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ތަހުގީގު ފަށާފައި ވާއިރު އޭނައަކީ ސަމަންތާގެ ކުރީގެ ލޯބިވެރިޔާގެ ޅިޔަނެއް ކަމަށްވަ މިޝެލް ސްޓާލިންގއެވެ. އޭނަގެ އިތުރުން ސަމަންތާ މަރާލަން އޭނައަށް އެހީވިކަމަށް ތުހުމަތުކުރެވިގެން މިޝެލްގެ60 އަހަރުގެ ބައްޕައާއި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް މިދެމީހުން މިހާރުވަނީ ތަހުގީގަށްފަހު ދޫކޮށްލާފައެވެ.