English Edition
Dhivehi Edition

ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ލޯންޗެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާންފަށައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު 10:50 އެހާކަންހާއިރު ހިނގި ހާދިސާގައި އަލިފާން ރޯވީ ކ. ހުރާ ކައިރިން ދަތުރުކުރަމުން ދިޔަ “އޯކިޑް 40” ލޯންޗްގައެވެ. އެ ލޯންޗްގައި އޭރު ޓޫރިސްޓުން ތިބި ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވަވާ ގޮތުގައި މިހާދިސާހިނގި ލޯންޗުގައި އެވަގުތު ތިބި މީހުން މިހާރުވަނީ ބަނޑޮސް އައިލެންޑް ރިސޯޓުގެ ލޯންޗެއްގައި ބަނޑޮހަށް ގެންގޮސްފައެވެ.

ލޯންޗުގެ އިންޖީނުގައި ރޯވެގެން ހިނގި މިހާދިސާގައި އެއްވެސް ފަތުރުވެރިއަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.