English Edition
Dhivehi Edition

ހޯމް އެންޑް އަވޭ ގެ ތަރި އެސްތާ އެންޑަރސަންގެ އަލަތު ދަރިފުޅު ވިހައިފި އެވެ.

އުމުރުން 39 އަހަރުގެ އޮސްޓްރޭލިއަން އެކްޓްރެސް އަދި މޮޑެލްގެ އަލަތު ދަރިފުޅު މިއަދުގެ ވަގުތެއްގައި ވިހެއިކަން އަންގާފައި ވަނީ އިންސްޓަގްރަމް މެދުވެރިކޮށެވެ. ދަރިފުޅުގެ ފޮޓޯހިއްސާ ކުރަމުން އެސްތާ ލިޔަފައިވަނީ ” އަވަރ ޑާލިންގ ފޮރެސްޓް ޖެކް މޮގްސް އެރައިވްޑް ” އެވެ.

ބަރުދަނުގައި 8.5 ޕައުންޑްހުރި ޖެކް އާއި މަންމަގެ ހާލު ރަނަގޅުކަމަށް ރިޕޯޓްތައް ބުނެއެވެ.

ހޯމްއެންޑް އަވޭގެ ތަރިއާއި އޭނަގެ ފިރިމީހާ ހޮވާޑް މޮގްސް އާ ކައިވެނިކޮށްފައި ވަނީ މިދިއަ އަހަރު ފެބްރުއަރީ ގައެވެ. އަދި އަލަތު ދަރިފުޅު ލިބެނަ އުޅޭކަން މީޑީއާ އާހިއްސާކުރީ މިއަހަރު އޭޕްރީލްގައެވެ.