ފުއްޕާމެޔާ ހިތުގެ ބަލިތަކަށް ޙާއްސަ އިނގިރޭސި ވިލާތުގެ މަޝްޙޫރު ޑރ. ބާބަރ ބަޝީރް ޗައުދްރީ އައްޑޫ ހިތަދޫ ދިލްޝާދް ކްލިނިކްގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ
ޑޮކްޓަރ ދެއްވާނެ ފަރުވާގެ ތެރޭގައި ، ނޭވާލުމަށްދަތިވުން، ނޭވާކުރުވުން، މޭގައި ރިއްސުން، ހިތުގެ އަދި ފުއްޕާމޭގެ އެންމެހައި މައްސަލަތައް އަދި އީ.ސީ.ޖީ ހެދުން ހިމެނެއެވެ.
ދިލްޝާދް ކްލިނިކުން މައުލޫމާތު ދޭގޮތުގައި ޑޮކްޓަރ ބަލިމީހުން ބެއްލެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 13 އިން 15 އަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓް ކުރުމަށް އެކްލިނިކްގެ ނަމްބަރ 6885529 ނަންބަރަށް ހެނދުނު 9:00 އިން 12:00 އަށް އަދި ހަވީރު 18:00 އިން 22:00 ގައި ގުޅުއްވާ ކުރިއަށް ގެންދެވޭނެއެވެ. ނުވަތަ ކޮންމެ ގަޑިއެއްގައި ވެސް 7955795 ނަންބަރަށް އައިޑީ ކާޑް ނަންބަރާ އެކު ފުރިހަމަ ނަން ފޮނުއްވުމުން އެޕޮއިންޓްމެންޓް ކުރިއަށް ގެންދެވޭނެއެވެ.
ދިލްޝާދް ކްލިނިކުން ބުނިގޮތުގައި އެކްލިނިކްގެ ހިދްމަތްތަށް ފުޅާކުރުމުގެ ގޮތުން އެންމެ ފުރަތަމަ ގެންނަ ވިޒިޓިންގ ޑޮކްޓަރ އިނގިރޭސި ވިލާތުގެ މަޝްހޫރު ޑޮކްޓަރ ބާބަރް ބަޝީރް ވަނީ ކޮންމެ މަހަކު ކްލިނިކަށް ގެންނަ ގޮތަށް ހަމަޖެހިފައެވެ.