English Edition
Dhivehi Edition

ކެންސަރު ޖެހި އެ ބައްޔަން ފަރުވާ ހޯދަމުންދިދިޔަ ތ. ތިމަރަފުށްޓަށް އުފަން އަބްދުލްމަޖީދު 59 އ ނިޔާވެއްޖެއެވެ.

މަޖީދް ނިޔާވީ އިންޑިއާގައި ފަރުވާދިނުމަށްފަހު ރަށަށް އައިތާ ހަފްތާއެއްވީފަހުން މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ. މަޖީދްގެ އާއިލާއިން މައުލޫމާތު ދިންގޮތުގައި، މަޖީދްގެ އިތުރު ފަރުވާއަށް އަންނަމަހުވެސް ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އާއިލާއިން ބުނިގޮތުގައި ނިޔާވިއިރު މަޖީދްގެ ފުއްޕާމެޔަށް ޖެހުނު ކެންސަރ ވަނީކޮނޑު ކަށިގަނޑަށްވެސް ޖެހިފައެވެ. އަދި އާއިލާއިން ވަނީމަޖީދަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ އެންމެނަށް ޝުކުރު އަދާކޮށްފައެވެ.

މަޖީދްގެ ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް “އޭއޯ ނިއުސް” އިން މީގެ ކުރިން މަޖީދް އާއި ބެހޭ މަޢުލޫމާތު ހިމެނޭ ރިޕޯޓެއްވަނީ ގެނެސްދީފައި ވެއެވެ.

“އޭއޯ ނިއުސް” ގެ މުވައްޒަފުންނާއި ކިޔުންތެރިންގެ ދުއާ އަކީ މަޖީދަށް ހެޔޮ ރަހުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވައި، އާއިލާ އަށް ކެތްތެރިކަން ދެއްވުމެވެ. އާމީން.