English Edition
Dhivehi Edition
ކުޅުދުއްފުށީ ހޮސްޕިޓަލަށް އެމްއާރުއައި މެޝިނަކާއި ސީޓީ ސްކޭން މެޝިނެއް ވައްދަނީ: ފޮޓޯ ހެލްތް މިނިސްޓްރީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެމްއާރުއައި މެޝިނަކާއި ސީޓީ ސްކޭން މެޝިނެއް އެ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އިތުރު އާ ޚިދުމަތް ތަކެއް އެ ހޮސްޕިޓަލުގައި ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ޚިދުމަތްތައް ފެށުމުގެ ގޮތުން ހޮސްޕިޓަލަށް އެމްއާރުއައި މެޝިނަކާއި ސީޓީ ސްކޭން މެޝިނެއްވެސް ގެންގޮސްފައިވާ ކަމަށެވެ.

. އެ މެޝިންތައް ބެހެއްޓުމަށް މަރާމާތުކުރަން ފަށާފައިވާ ތަން، އަލުން މަރާމާތުކުރުމާއި އެހެނިހެން މަސައްކަތްތައް އެ ހޮސްޕިޓަލްގައި ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އަލަށް ފަށާ ޚިދުމަތްތަކުގެ ތެރޭގައި ހިތާއި ނާރު އަދި ކިޑްނީގެ ބަލިތަކަށް ފަރުވާ ދެވެން ފަށާނެ ކަމަށާއި ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ކުރާ މަސައްކަތް ނިންމުމަަށް 50 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހަމަަޖައްސައިދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން އެ ހޮސްޕިޓަލުންދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ގުޅިގެން މި ޖުލައި މަހުގެ 21 އިން 23 އަށް ވަނީ ސްޕަރ ސްޕެސަލިސްޓުންގެ ޓީމެއް ބަލިމީހުން ބެލުމުގެ ޕްރޮގްރާމެއް އެ ހޮސްޕިޓަލުގައި ކުރިއަށް ގެންގޮސްފައެވެ.