މިއަހަރުގެ ސެޕްޓެމްބަރު 23 ގައި ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދު ހޯއްދެއްވުމަށް ރައީސް ޔާމީންގެ ރަނިންމޭޓު ޑރ. ޝަހީމް ގއ. ކޮލަމާފުއްޓަށް ވަޑައިގެންފިއެވެ.
ޑރ. ޝަހީމުގެ ފުރަތަމަ ކެމްޕެއިން ދަތުރުގައި މިދިޔަ ބުރާސްފަތު ދުވަހު ގއ. އަތޮޅަށް ވަޑައިގެންފައިވާއިރު މިއަދު ހެނދުނު ޑރ. ޝަހީމް ވަނީ ކޮލަމާފުއްޓަށް ވަޑައިގެން އެރަށުގެ ޕީޕީއެމް މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ.
ޑރ. ޝަހީމުގެ މިދަތުރުގައި ކޮލަމާފުށީ ގޭގެއަށް ޒިޔާރާތްކުރަން ހަމަޖެހިފައިވެއެވެ.
އަދި ކޮލަމާފުށީގެ ރައްޔިތުންނަށް ބައްދަލުކުރެއްވުމަށްފަހު މާދަމާ އެއަތޮޅު ދެއްވަދޫއަށް ޑރ. ޝަހީމް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
ޑޮކްޓަރ ޝަހީމަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމުގައި ވެސް ހުންނެވިބޭފުޅެކެވެ.