English Edition
Dhivehi Edition

އެއްވެސް ދުވަހަކު މައިންބަފައިންނާއި އެކު ދިރިއުޅެފައި ނުވާތީ މައިންބަފައިންނާއި ދުރުގައި އުޅުމަކީ ކިހާ އުދަގޫ އަދި ހިތްދަތިކަމެއްކަން ނޭގޭ ކަމަށް މަޝްހޫރު ފިލްމީ ތަރި ސަންޖޭ ދަތްގެ ދަރިފުޅުގެ ތްރިޝާލާ ބުނެފިއެވެ

އިންސްޓަގްރާމްގައި މިހާރު ތައާރަފްކޮށްފައިވާ އާ ފީޗާ ‘ އާސްކީ މީ އެނީ ކުއިޝަން’ ގައި އޭނާގެ ސަޕޯޓަރަކު ކުރި ސުވާލުތަކަށް ޖަވާބު ދެމުން ތްރިޝާލާ ބުނެފައިވަނީ އޭނާ ވަރަށް ކުޑައިރު މައިންބަފައިންނާއި ވަކިވެފައިވާ ކަމަށެވެ. މީގެ އިތުރުން ސަންޖޭގެ ދަރިއަކަށްވުމުން އިހްސާސްކުރެވެނީ ކިހިނެތްތޯ ސުވާލުކުރުމުން ތްރިޝާލާ ބުނެފައިވަނީ އޭނާއަށް އެއްވެސް ކަހަލަ ހާއްސަ އިހްސާސެއް ނުކުރެވޭ ކަމަށާއި އިހްސާސްކުރެވެނީ ބައްޕައާއި އެކު ވަގުތު ހޭދަކުރަމުންދާކަން އެކަނި ކަމަށެވެ. އަދި އޭނާއަށް ކުރެވޭ އިހްސާސްއަކީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ބައްޕަ އާއި އެކު ހުރުމުން ކުރެވޭނެ އިހްސާސްކަމަށް ތްރިޝާލާ ވަނީ ބުނެފައެވެ

ތްރިޝާލާގެ މިޒާޖާއި ސިފައާއި ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ އެހެން މީހުން ދެކެ ލޯބިވުމާއި އެހެން މީހުންނަށް އޯގާތެރިވުމަކީ މަންމަގެ ފަރާތުން ވާރުތަވެފައިވާ ކަންތައް ކަމަށެވެ. .

ޓެގު