English Edition
Dhivehi Edition
އޭޝްވަރ ޕަވަޑޭ ހޮސްޕިޓަލްގެ ކްރިޓިކްލް ވާރޑް ގައި އެޑްމިޓްކޮށްފައި--

އޭޝްވަރ ޕަވަޑޭ ނަމަކަށް ކިޔާ އުމުރުން 34 އަހަރުގެ އިންޑިއާ ފިރިހެނަކު މަރުވީކަމަށް ހޮސްޕިޓަލުން ނިންމާ އާއިލާމީހުން ވަޅުލާން އުޅެނިކޮށް އޭނާގެ ލޯހުޅުވައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ ކަރްނަންޓަކާ ގައި އިއްޔެގެ ވަގުތެއްގައެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ ޕަވަޑޭ އަކީ ސްޓޭޝަން ގަހަންގް ޕޫރް އަވަށެއްގެ މީހެއްކަމަށާއި ނަމަވެސް މުމްބާއީގައި ދިރިއުޅޭތާ އަހަރުތަކެއްވެފައި ވަނިކޮށް އަނބުރާ އަވަށަށް ދިޔައީ ކުއްލިއަކަށް ބަލިވުމުންކަމަށެވެ. ޕަވަޑޭ ބަލިވެގެން ގަހަންގްޕޫރް އަވަށުގެ ހޮސްޕިޓަލްގައި އެޑްމިޓްކުރި އިރު އޭނާގެ ހާލު ވަރަށް ކްރިޓިކަލްއެވެ. މީގެ އިތުރުން ނޫހުގައި ބުނެފައިވަނީ ޕަވަޑޭ ކޯމާއެއްގައި އޮވެ އެއްވެސް ވަރަކަށް ރަނަގަޅުނުވެގެން ޑޮކްޓަރު ބަލާފައި އޭނާ މަރުވީކަމަށް އާއިލާއަށް އެންގުމުން ޖަނާޒާގެ ކަންތަކަށް ހަށިގަނޑު ގެނދިޔަކަމަށެވެ.

ޕަވަޑޭގެ އާއިލާ މީހަކު އިންޑިއާގެ ނޫސްތަކާ ހަވާލާދީ ބުނެފައިވަނީ ވަޅުލުމަށް ވަޅަށް ތިރި ކުރުމުގެ ކުރިން އޭނާ ޕަވަޑޭގެ ގައިގާ ބައްދާލުމުން ނޭވާލާކަމަށް ޝައްކުވިކަމަށެވެ. އަދި ހަމަ ކުޑައިރުކޮޅަކުން ޕަވަޑޭ ގެ ލޯ ކުޑަކޮށް ހުޅުވިތަންފެނުނުކަމަށެވެ. އެވަގުތު ވީ އުފަލަކުން އަވަހަށް އޭނާ ހޮސްޕިޓަލަށް ގެންގޮސް އެމަޖެންސީގައި ފަރުވާދޭން ފެށިކަމަށެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ޕަވަޑޭގެ އާއިލާގެ ބައެއްމެމްބަރުން ޕަވަޑޭ ބެލި ޑޮކްޓަރ އާ ދެކޮޅަށް މައްސަލަ ވަނީ ހުށަހަޅާފައި ކަމަށެވެ. އާއިލާއިން ބުނެފައި ވަނީ މިފަދަ ކަންތައް ތަކަކީ ވެގެން ވާނެ ކަންތައްތައް ނޫންކަމަށާއި ދިރި ހުރި މީހަކު ހޮސްޕިޓަލަކުން މަރުވީ ކަމަށް ނިންމުމަކީ ހޮސްޕިޓަލްގެ އަގުވެއްޓޭނެ ކަމެއްގެ އިތުރުން ޑޮކްޓަރ ގެ ފަރުވާ ކުޑަކަން އިންތިހާ އަށް ފެންނަ ކަމެއްކަމަށެވެ.