ކަރުތެރެ ހިރުވާތަ؟ ކެއްސާތަ؟ ހަނީ ޖިންޖަރ ލެމަންޓީ އަކީ މިހުރިހާ ކަމެއްގެ އެންމެ މޮޅު ހައްލެވެ.
ހަނީޖިންޖަރ ލެމަން ޓީ އަކީ މުޅިދުނިޔޭގައި ވެސް ވަރަށްމަގްބޫލް ބުއިމެކެވެ. އާންމު ކޮށްކޮންމެ ދުވަހަކުވެސް ބޯލަން ރަނގަޅު އެހާމެ ފައިދާ ލިއްބައިދޭ ބުއިމެކެވެ. އަޅުގަނޑުމެންގެ އާދަކާދަ ހުންނަގޮތުން އާންމުކޮށް ގޭގައިވެސް ނުވަތަ ރެސްޓޯރަންޓަކަށް ދިޔައަސް ކޮފީ އެއް ނުވަތަ އެނާޖީ ޑްރިންކެއް ބޯލުމަކީ އަޅުގަނޑުމެންގެ ތެރޭގައި ހަރުލާފައިވާ އާދައެކެވެ. އެހެން ނަމަވެސް އެއާދަ ދޫކޮށްލުމަށްފަހު ހަށިގަނޑަށް ފައިދާ ހުރި ބުއިމެއް ބޭނުންކޮށްލުން ކީއްތޯއެވެ؟
އިނގުރަކީ ހަވާދުގެ ބާވަތުން އައިސްފައިވާ އެއްޗަކަށް ވުމުންނާއި އޭގެން ދުވާވަހާއި ރަހައިން ޒުވާނުންނަށް ކަމުނުގޮސްފާނެއެވެ. ނަމަވެސް އިނގުރަކީ ސިއްހީ ގޮތުން އޭގެން ލިބޭ ފައިދާތަކުގެ ވާހަކަވެސް ދައްކާ ކޮޅުންލާނެ އެއްޗެއް ނޫނެވެ. އެތައް މާއްދާތަކުން މުއްސަނދިވެ ބަޔޯއެކްޓިވް ކޮމްޕައުންޑްތައް ހިމެނޭ އިނގުރަކީ ހަޖަމް ކުރުމުގެ ނިޒާމަށް ދިމާވާ ހުރިހާ ބައްޔަކަށް ވެސް ފަރުވާ އެކެވެ. ހާއްސަކޮށް އޭގައި ހިމެނޭ “ޖިންޖަރޯލް” ނަމަކަށް ކިޔާ މާއްދާގެ ސަބަބުން ހަޖަމްކުރުމުގެ ނިޒާމަށް ފަރުވާލިބެއެވެ.
އިންފްލެމޭޓަރީ މައްސަލަ ހުންނަ މީހުންނަށް ވެސް އެންމެ ރަނގަޅި އިނގުރެވެ. އޭގައި ހުންނަ އެންޓި-އިންފްލެމޭޓަރީ މައްދާތަކާއި އެންޓިއޮކްސިޑެންޓް މާއްދާތަކުން ހިތުގެ ބައެއް ބަލިތަކާއި ވެސް ދުރުކޮށްދެ އެވެ. އަދި ކެންސަރާއި ވެސް ދުރުކޮށްދެ އެވެ. ކޮންމެ ދުވަހަކުވެސް އިނގުރުފެން ބޭނުންކުރުމުން ހަށިގަނޑުގެ ދުޅަހެޔޮކަން އެތައް ގުނައެއް އިތުރުކޮށްދެ އެވެ.
އިނގުރަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވެސް ބޭސްފަރުވާގެ ތެރޭގައި ހިމަނައިގެން ބޭސް ތައްޔާރުކުރުމުގައި އިސް ދައުރެއް އަދާކުރި އެއްޗެކެވެ. މި ކަމަށް އެންމެ ރަނގަޅުކަމަށް ސިއްހީ މާހިރު ބުނަނީ އިނގުރު ފެން ބޭނުން ކުރުމުވެ. އޭގެތެރެއަށް މާމުއި އަޅައިގެން ވެސް ބޭނުން ކުރެވިދާނެ އެވެ. ލެމަންޓީގެ ތެރެއަށް އިނގުރު އިތުރުކޮށްލައިގެންވެސް ބޭނުންކުރެވިދާނެ އެވެ.
ވަކިބައްޔާކާ ގުޅިގެން ނޫނަސް އިނގުރު ފެން ކޮންމެދުވަހަކު ބޭނުންކޮށްލުމުން ދިފާއީނިޒާމް ވަރުުގަދަވެ ގިނަބަލިތަކުން މީހާދުރުކޮށްދެއެވެ. ހާއްސަކޮށް އަރިދަފުސް ރޯނގާ ޖެހި ދިގުމުއްދަތަކަށް ކެއްސުން ނޫނީ ހިކިކެއްސުމެއް ކެއްސަންޏާ ޖިންޖަރލެމަންޓީ އެއް ދެއިރު ބޭނުންކޮށޮލުމުން ފުރަތަމަދުވަހުންވެސް ނަތީޖާފެނިގެންދާނެއެވެ. ނޫނީ ކެއްސުން ރަނގަޅުވަންދެން ބޭނުންކޮށްލާށެވެ. އަދި އެއަށްފަހު އާންމުކޮށް ކޮންމެދުވަހަކު ބޭނުންކޮށްލަން ވަރަށް ރަނގަޅު ބުއިމެކެވެ.
ޖިންޖަރހަނީލެމަންޓީ ނުވަތަ ޖިންޖަރ ފެން ތައްޔާރު ކުރަނެގޮތް:
1 އިންޗި އިނގުރު ތޮށިމަށާފައި
1 ޖޯޑު ހޫނުފެން
1 ލުނބޮލުގެ ހުތްނަގާފައި
1 ސައިސަމްސާ މަމުއި
ސަމުސަލުގެ ކޮޅުން ނަގާލެވޭވަރުގެ މުގުރު އަސޭމިރުސް ކޮޅެއް
ތައްޔާރުކުރާނެގޮތް:
އެންމެފުރަތަމަ އެއްޖޯޑުހޫނުފެންނަށް އިނގުރުކޮޅުގާނާފައި އަޅާފައި 3 މިނެޓްވަމްދެން ބަހައްޓާށެވެ. އެއަށްފަހު ލުނބޯ ހުތް މާމުއި އަސޭމިރުސްކޮޅު އެޅުމަށްފަހު އެކޮށްލުމަށްފަހު ބޯލާށެވެ. ކެއްސުން ރަނގަޅުވަންދެން މިގޮތަށް މި ޓީ ތައްޔާރުކޮށްގެން ބޭނުންކޮށްލާށެވެ.
ނޯޓް: މަތީގައި ގެނެސްދެވުނުް ތަކެތިން އަސޭމިރުސް އުނިކޮށްލުމަށްފަހު ޖިންޖަރހަނީލެމަން ފެން ތައްޔާރުކޮށްގެން ކޮންމެ ދުވަހަކު ބޭނުން ކޮށްލުމުން ސިއްހަތަށް ހީވެސްނުކުރާހާ ގިނަފައިދާ ލިބޭނެއެވެ.