English Edition
Dhivehi Edition

ފިލްމް “ޓައިޓޭނިކް”ގެ ބަތަލު ،ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ލިއޮނާޑީ ޑިކެޕްރިއޯ ރާއްޖެ އަތުވެއްޖެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ލިއޮނާޑޯ ރާއްޖެއައިސް ހުރީ ކޯސްޓްލައިން އިންވެސްޓްމެންޓްސްއިން ބ. ކަނުފުށީގައި ހިނގާ “ފިނޮޅު” ރިސޯޓުގައެވެ. އޭނާ ރާއްޖެ އައީ ހުކުރު ދުވަހުގެ ރޭ ފިނޮޅު ރިސޯޓުގައި ފެށި “ވަން އޯކް މޯލްޑިވްސް” ފެސްޓިވަލަށެވެ. އެ ފެސްޓިވަލްގައި، ގިނަ ބައެއްގެ މަޝްހޫރުކަން ހޯދި “ބްލަރޑް ލައިންސް” ލަވައިގެ ކިޔުންތެރިޔާ ރޮބިން ތީކް ވެސް ބައިވެރިވާނެކަމަށް ފިނޮޅު ރިސޯޓުން މީގެ ކުރިން ވަނީ އިއުލާން ކޮށްފައެވެ. ނަވާރަސަތޭކަ ނުވަދިހަ ހަތްވަނަ އަހަރުގެ ފިލްމް “ޓައިޓޭނިކް”ގެ މަޝްހޫރު ބަތަލު ފިނޮޅު ރިސޯޓުގައި ހުރިކަމެއް އެރިސޯޓުން ޔަގީންކޮށްދީފައެއް ނުވެއެވެ  

ޓެގު