އޭއޯ ނިއުސް އިން ރަމަޟާން މަހަށް ޚާއްސަކޮށްގެން ބޭއްވި ‘ރޯދަ ސުވާލު މުބާރާތް 2018’ ގައި ހުށަހެޅުނު ދީނީ ސުވާލާއި ޖަވާބުތައް:
ސުވާލު 1: އެންމެ ފުރަތަމަ ރޯދަ ހިއްޕެވީ ކޮންބޭކަލެއް؟
ޖަވާބު: އާދަމް ޢަލައިހިއްސަލާމް
ސުވާލު 2: މަސްޖިދުއް ނަބަވީގައި ކުރާ ނަމާދަކަށް ލިބޭނީ އެހެން މިސްކިތެއްގައި ކުރާ ނަމާދުގެ ކިތައް ނަމާދުގެ ސަވާބު؟
ޖަވާބު: 1000 ނަމާދުގެ ސަވާބު
ސުވާލު 3: ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ޖިބްރީލުގެފާނު އެންމެ ފުރަތަމަ އުނގަންނަވައިދެއްވީ ކޮންކަމެއް؟
ޖަވާބު: ވުޟޫކުރަން
ސުވާލު 4: ކީރިތި ޤުރުއާނުގެ ހިތް ކަމުގައި ބަޔާންވެގެންވާ ސޫރަތަކީ ކޮބާ؟
ޖަވާބު: ޔާސީން ސޫރަތް
ސުވާލު 5: ޚަލީލުﷲ ގެ ލަޤަބު ދެއްވުނީ ކޮން ރަސޫލު ބޭކަލަކަށް؟
ޖަވާބު: އިބްރާހީމްގެފާނު
ސުވާލު 6: މާތް ﷲ ދަގަނޑު މަޑު އެއްޗެއްގެ ގޮތުގައި ލެއްވީ ކޮން ބޭކަލަކަށް؟
ޖަވާބު: ދާވޫދުގެފާނަށް
ސުވާލު 7: ކަލީމުﷲ ގެ ލަޤަބު ދެއްވުނީ ކޮން ރަސޫލު ބޭކަލަކަށް؟
ޖަވާބު: މޫސާގެފާނަށް
ސުވާލު 8: ދުނިޔެމަތީގައި އެންމެ ފުރަތަމަ ކުރެވުނު ފާފައަކީ ކޮބާ؟
ޖަވާބު: ގަސްތުގައި މީހަކު މެރުން
ސުވާލު 9: ރޯދަވެރިންނަށް ޚާއްސަ ދޮރުކޮޅެއް ސުވަރުގޭގައި ވެއެވެ. އެ ދޮރުކޮޅަށް ކިޔަނީ ކޮން ނަމެއް؟
ޖަވާބު: އައް ރައްޔާން
ސުވާލު 10: ރަނުގެ ގޮތުގައި ކީރިތި ރަސޫލާ (صلى الله عليه وسلم) ޙަދީޖަތުގެފާނަށް ދެއްވީ ކޯޗެއް؟
ޖަވާބު: 20 ޖަމަލު
ސުވާލު 11: އިސްލާމްދީނުގެ އެންމެ ފުރަތަމަ ޝަހީދަކީ ކާކު؟
ޖަވާބު: ސުމައްޔަތު ރަޟިﷲ ޢަންހް
ސުވާލު 12: އެސޫރަތެއްގެ ހުރިހާ އާޔަތެއްގައި ﷲ މި ލަފްޒު ހިމެނިފައިވާ ސޫރަތަކީ ކޮބާ؟
ޖަވާބު: ސޫރަތުލް މުޖާދަލާ
ސުވާލު 13: މާތްﷲ މަށިން އާދަމުގެފާނު ހެއްދުވުމަށްފަހު ފުރާނަ ނުދެއްވާ ބޭއްވީ ކިތައް އަހަރު ވަންދެން؟
ޖަވާބު: 40 އަހަރު
ސުވާލު 14: ޘަމޫދުބާގައިގެ މީހުންގެ ގާތަށް ފޮނުއްވުނީ ކޮން ރަސޫލުބޭކަލެއް؟
ޖަވާބު: ޞާލިޙްގެފާނު
ސުވާލު 15: ޤުރުއާނުގައި ބަޔާންވެގެންވާ އެންމެ މާތް ބުއިމަކީ ކޮބާ؟
ޖަވާބު: ކިރު
ސުވާލު 16: މުސްލިމުންގެ ފުރަތަމަ ގިބުލަ އަކީ ކޮބާ؟
ޖަވާބު: މަސްޖިދުލް އަޤްޞާ
ސުވާލު 17: އިބްރާހިމްގެފާނުގެ ގައުމުގެ މީހުންނަށް ފޮނުވުނު އަޒާބަކީ ކޮބާ؟
ޖަވާބު: މަދިރީގެ އަޒާބު
ސުވާލު 18: މީސްތަކުންގެ ތެރެއިން ބިސްމި އެންމެ ފުރަތަމަ ލިޔުއްވީ ކޮންބޭކަލެއް؟
ޖަވާބު: ސުލައިމާން ނަބީ ކަލޭގެފާނު
ސުވާލު 19: ކީރިތި ޤުރްއާނުގައި ބިސްމި ލިޔެވިފައިވަނީ ކިތައް ފަހަރު؟
ޖަވާބު: 114 ފަހަރު
ސުވާލު 20: ޤުރުއާނުގައި ބަޔާން ވެފައިވާ ގޮތުން ހުރިހާ ނުބައި ކަމުގެ އަސްލަކީ ކޮބާ؟
ޖަވާބު: ބަނގުރާ
ސުވާލު 21: ސުވަރުގޭގެ ދޮރުކޮޅު ބަލަހައްޓަވާ މަލާއިކަތް ބޭކަލަކީ ކޮބާ؟
ޖަވާބު: ރިޟްވާންގެފާނު
ސުވާލު 22: އެންމެފަހުން ބާވައިލެއްވި ކީރިތި ޤުރްއާނުގެ ސޫރަތަކީ ކޮބާ؟
ޖަވާބު: ނަޞްރު ސޫރަތް
ސުވާލު 23: އިސްލާމްދީން ޤަބޫލުކުރުމަށް އިންކާރު ކުރީ ކޮން ރަސޫލުބޭކަލެއްގެ އަނބިކަނބަލެއް؟
ޖަވާބު: ލޫތުޢަލައިހިއްސަލާމާއި ނޫޙް ޢަލައިހިއްސަލާމް
ސުވާލު 24: ކީރިތި ޤުރުއާނުގައި ރަސޫލާ މުހައްމަދު (صلى الله عليه وسلم) ގެ ނަންފުޅު ބަޔާންވެގެންވަނީ ކިތައް ފަހަރު؟
ޖަވާބު: 4 ފަހަރު
ސުވާލު 25: ކީރިތި ރަސޫލާ (صلى الله عليه وسلم)ގެ އެންމެ ހަގު ދަރިކަނބަލަކީ ކޮބާ؟
ޖަވާބު: ފާޠިމާ ރަޟިﷲ ޢަންހާ
ސުވާލު 26: އެ އަންހެން ކަނބަލެއްގެ ނަން ޤުރުއާނުގައި ނަންގަނެވިފައިވާ ބޭކަނބަލަކީ ކޮބާ؟
ޖަވާބު: މަރިޔަމްގެފާނު
ސުވާލު 27: ގެފުޅު ތެރޭގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ކޮން ބޭކަލެއް؟
ޖަވާބު: ޙަކީމު ބުން ހުޒާމް
ސުވާލު 28: މަސްޖިދުލް ޙަރާމްގައި ކުރާ ނަމާދަކަށް ލިބޭނީ ކިތައް ނަމާދުގެ ސަވާބު؟
ޖަވާބު: އެއްލައްކަ ނަމާދުގެ ސަވާބު
ސުވާލު 29: ކީރިތި ޤުރްއާނުގައި އެބޭކަލެއްގެ ނަންފުޅު ބަޔާންވެފައިވާ ހަމައެކަނި އަޞްޙާބު ބޭކަލަކީ ކޮބާ؟
ޖަވާބު: ޒައިދް ބުން ހާރިޘާ
ސުވާލު 30: އެ ދެ ސޫރަތް ކިޔަވާ މީހާގެ މައްޗަށް ހިޔާ އަޅާ ވިލާގަނޑެއް ނުވަތަ އެފަދަ ހިޔަލެއްގެ ގޮތުގައި ރައްކާތެރިކަން ލިބިދޭ ދެ ސޫރަތަކީކޮބާ؟
ޖަވާބު: ބަޤަރާ ސޫރަތާއި އާލްއިމްރާން ސޫރަތް