English Edition
Dhivehi Edition

މިދިޔަ މަހުވެސް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން އާންމުކުރި މެއި މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިފަހަރުވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 108 މައްސަލައެއް ހުށަަހަޅާފައިވާއިރު މިއީ މެއި މަހު ހުށަހެޅުނު ޖުމްލަ މައްސަލަތަކުގެ 57 އިންސައްތައެވެ. އަދި އޭގެ ތެރެއިންވެސް އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 37 މައްސަލައެއް މިދިޔަ މަހު ރިޕޯޓް ކޮށްފައިވާއުރުޖެންޑަ މިނިސްޓްރީން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ ބާވަތްތަކުގެ ތެރެއިން ޖިސްމާނީ ހާނިއްކައިގެ 30 މައްސަލަ އަކާއި އިހުމާލުވުމުގެ 20 މައްސަލައިގެ އިތުރުން ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ނުވަ މައްސަލައާއި ނަފްސާނީ ހާނީއްކައިގެ ހަ މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 5 މައްސަލައާއި ކުދިންގެ ޖިންސީ ނާޖާއިޒު ފައިދާ ނެގުމުގެ 1 މައްސަލަ ހިމެނެއެވެ.

ހައްގުތަކުން ކުޑަކުދިން މަހުރޫމުކުރުމުގެ 9 މައްސަލައެއް ހުށަހެޅިފައިވާއިރު އޭގެ ތެރޭގަިއ ހިމެނެނީ ތައުލީމަށް ހުރަސްއެޅުމުގެ 7 މައްސަލައާއި، ސިއްހީ ފަރުވާއަށް ހުރަސްއެޅުމުގެ 2 މައްސަލައެވެ.

އާއިލީ މައްސަލައިގެ ގޮތުގައި 26 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. އެއީ ހަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ ކަމުގެ 17 މައްސަލަ، ކުދިން ބެލުމުގައި ދިމާވާ ކަންކަމާ ގުޅިގެން 8 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ ކަންކަމުގެ 1 މައްސަލައެވެ.

އަދި ވަކިޖިންސަކަށްވީތީ ކުރާއިނިޔާ އަދި ގެވެށި އަނިޔާގެ 22 މައްސަލަ ތައް ރިޕޯރޓް ކޮށްފައި ވައިރު އެންމެ ގިނައީ އެކިބާވަތް ތަކުގެ ޖިސްމާނީ އަނިޔާ ކުރަ މައްސަލަތައް ކަމަށް މިނިސްޓްރީއިން ބުންޏެވެ.

މީގެ އިތުރުން ނުކުޅެދުން ހުންނަ ފަރާތް ތަކާއި އުމުރުން ދުވސްވީ މީހުންނަށް އިހުމާލު ވުން ފަދަ މައްސަލަތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 5 މައްސަލައަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 2 މައްސަލަ ހިމެނެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 6 މައްސަލަ މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލައިގެ އަދަދު 100 އިން މަތީގައި އުޅޭއިރު އޭޕްރީލް މަހުވެސް އެންމެ ގިނައިން ހުށަހެޅުނީ މިބާވަތުގެ މައްސަލައެވެ. ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާކުރުމާ ގުޅޭ 116 މައްސަލައެއް އޭޕްރީލް މަހު ހުށަހެޅިފައި ވާކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.