އެކްސިޑެންޓްތަކުގައި އަނިޔާލިބޭމީނުންނަށް އަވަސްފަރުވާ ލިބޭނެއިންތިޒާމް ރާއްޖޭގައި ހަމަޖެހިފައި ހުންނަން ޖެހޭކަމަށް ޑރ ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ޝާހު މާހިރު މިހެން ވިދާޅުވީ ރޭހުޅުމާލޭގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓްގައި ޒުވާނަކު ނިޔާވުމާއި ގުޅިގެން އެޒުވާނާގެ އާއިލާ އަށް ތައުޒިޔާ ފޮނުއްވާ ކުރެއްވި ޓްވީޓެއްގައެވެ.
ޑރ. ޝާހް ކުރެއްވިޓްވީޓް ގައި ވިދާޅުވީ ސަރުކާރުން މަގުމަތީގެ ސަލާމަތާއި ރައްކާރެތިކަމަށް ފިޔަވަޅުތައް އަޅަންޖެހޭކަމަށެވެ. ހާއްސަކޮށް ކުއްލިހާލަތްތަކުގައި އަނިޔާވާ ފަރާތްތަކަށް އަވަސް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަންޖެހޭކަމަށެވެ. އަދި އެފަދަ އިންތިޒާމް ހަމަޖެހިފައި ނެތްނަމަ ބްރިޖްތައް އެޅުމާއި، ބޮޑެތި ހޮސްޕިޓަލްތައް އެޅުމާއި މޮޅެތި އިމާރާތް ތަކުގެ ބޭނުމެއްނެތް ކަމަށެވެ. މަގުތައް ހުރި ހާލަތާއި އެމަގުތަކުގެ ނުރައްކާވެސް ބޮޑުކަމަށެވެ. މީގެ އިތުރުން ޝާހް ވިދާޅުވެފައި ވަނީ ކުރުމުއްދަތެއްގައި ލައިސަންސް ދިނުމަކުން ހުރިހާކަމެއް ފުދުނީ ނޫންކަމަށެވެ.
ޑރ ޝާހު މާހިރު ވަނީ ރޭގެ އެކްސިޑެންޓްގައި ޒަޚަމްވުމާއި ގުޅިގެން ފަރުވާ ދެމުންދަނިކޮށް ނިޔާވި މުހައްމަދު އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.
ރޭގެ ހިނގި ނުރައްކާރެތި އެކްސިޑެންޓްގައި ނިޔާވި ޒުވާނާއަކީ ޖޮގިންއަށް ނުކުމެ އުޅުނު އުމުރުން 24 އަހަރުގެ މުހައްމަދު ސޮބާހު ހުސައިންއެވެ. ސޮބާހުގެ ކުއްލި މަރާއެކު ގިނަބަޔަކަށް ވަނީ ސިހުންލިބިފައެވެ.ސޮބާހް ގެ އިތުރުން ދުއްވާފައި ދިޔަ ސައިކަލްގައި ތިބި 18 އަހަރުގެ ދެ ޒުވާނުންނަށް ވެސް ވަނީ އެކިވަރިގެ އަނިޔާ ލިބިފައެވެ. ނަމަވެސް އެތަނުން ސައިކަލްގެ ފަހަތުގައި ހުރި ޒުވާނާ އަށް ފަރުވާދީފައި މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްފައި ކަމަށް ހަބަރު ލިބެއެވެ.