English Edition
Dhivehi Edition

ބޭނުންވާތަކެތި: (ދެތަށްޓަށް)

3 ޕެޝަންފުރުޓް

1 ދޮންއަނބު ތޮށިމަށާ ކޮށާފައި

އައިސްކިއުބް

1 ސައިސަމްސާ ލުނބޯހުތް

1 ސްކޫޕް ވެނީލާ އައިސްކްރީމް

ތައްޔާރު ކުރާނެގޮތް:

ޕެޝަންފުރުޓްގެ އޮށްނަގާފައި ކޮށާފައި ހުރި އަނބު އަދި ލުނބޯހުތް އައިސް ކިއުބް އަޅާފައި މިކްސަރ އިން ރަނަގޅަށް ގިރާލާށެވެ. ދެން ވެނީލާއަިސްކްރީމް އެޅުމަށްފަހު 20 ސިކުންތު ވަންދެން ގިރާލުމަށްފަހު ދިގު ދެ ބިއްލޫރި ތަށްޓަށް އަޅާލާށެވެ. މި ސްމޫތީ ގާނިޝް ކޮށްލުމަށް ޕެޝަންފުރުޓްގެ އޮށްތައް މައްޗަށް އަޅާލުމަށްފަހު ސާރވް ކޮށްލާށެވެ.