English Edition
Dhivehi Edition

ރޯދަމަހަށް ޙާއްސަކޮށްގެން “ރޯދައިގެ ބަދިގެ” މި ސެގްމެންޓް ގައި މިގެނެސްދޭ ރެސިޕީ ތަކުގެ ތެރެއިން މިއަދު މިގެނެސްދެނީ އިންޑިއަން ސްނެކް އެކެވެ. މި ސްނެކް އަކީ އިންޑިއާގެ މީހުންގެ މެދުގައި ވަރަށް މަގްބޫލު އަދި ޚާއްސަ ސްނެކް އެކެވެ. އެހެންކަމުން މިއަދު މިސްނެކް ތައްޔާރު ކުރަނެގޮތް މިގެނެސްދެނީ ތި އެންމެހައި ބޭފުޅުންނަށް ކަމުދާނެ ކަމުގެ އުންމީދުގައެވެ.

ބޭނުންވާތަކެތީ:

1 ޖޯޑް ކެބެޖް (ކޮށާފައި)

1 ޖޯޑް ކެރެޓް (ގާނާފައި)

1 ޖޯޑް ހިކިމަސް ކޮށާފައި (ބޭނުންނަމަ)

1 ބޮޑު ފިޔާ ކޮށާފައި

4 ބިސް ގިރާފައި

2 ޖޯޑު ފުށް

2 ތޮޅިމިރުސް (އޮށްނަގާ ކޮށާފައި)

1 ސައިސަމްސާ ލުނބޯހުތް

ލޮނު، އަސޭމިރުސް، ކޮރިއަންޑާ ފަތް، ގަރަމްމަސާލާ(ރަހަލާވަރަށް) ރީންދޫ(ކުލަހިފާވަރަށް)

ތައްޔާރު ކުރާނެގޮތް:

ފުށްގަނޑު ތައްޔާރު ކޮށްނިމުމުން ހުންނާނެ ގޮަތް

އެންމެފުރަތަމަ ތައްޓަކަށް ކޮށާފައި ހުރި ކެރޮޓް، ކެބެޖް، މަސް، ފިޔާ، ފުށް، ލޮނު، ރީންދޫ،ގަރަމްމަސާލަ ކޮޅެއް، ކޮރިއަންޑާފަތް، މިރުސް، އަސޭމިރުސް އަޅާފައި ރަނގަޅަސް އެއްކޮށްލާށެވެ. ދެން ހަތަރު ބިސް އެހެން ތައްޓެއްގައި ގިރާލުމަށްފަހު ރަނގަޅަށް ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ދެން ލުންބޯ ހުތް ކޮޅެއްއަޅާފައި ރަހަ ހެޔޮވަރު ކޮށްލާށެވެ.

ތަވަޔަށް ތެޔޮއެޅުމަށް ފަހު ތެޔޮ ހޫނުވުމުން ސަމްސަލުން ނަގާފައި ތެލަށް އަޅަމުން ގެންދާށެވެ. ޕަކޯރާ އަށް މުށިކުލަ އަރަންދެން ތެއްލުމަށްފަހު ނާގާފައި ސަރވް ކޮށްލާށެވެ.

ނޯޓް: ޕަކޯރާ ތެލުލުމަށް ބޭނުން ނޫންނަމަ އަވަނުން ރޯފިލަންދެން ފިހެލެވޭނެއެވެ.