އައްޑޫ ސިޓީ ފޭދޫއިން ކުކުޅެއް ވަގަށް ނަގަން އުޅުނު 31 އަހަރުގެ ފިރިހެނަކު ކުކުޅާ އެކު ހައްޔަރުކޮށްފިއެވެ.
ކުކުޅެއް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފައިވާ ކަަމަށް ފުލުހުން ގެ މީޑިއާ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގައި އެމީހާ ކުކުޅާއެކު ނަގާފައިވާ ފޮޓޯތަކެއް ވަނީ ދައުރުވެފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ކުކުޅު އޮތީ މަރުވެފައެވެ.
މިފަހަކަށް އައިސް ކުކުޅު ނަގާ މީހުން ގިނަވެފައިވާ އިރު ގިނަބަޔަކު ބުނަމުން ދަނީ އެމީހުން ނަގަނީ އެއްވެސް ބަޔެއްގެ ބެލުމުގެ ދަށުގައި ވާ ކުކުޅުތަކެއް ނޫންކަމާއި މީހުންގެ އަމިއްލަ ކުކުޅު ތިބޭނީ އެމީހުންގެ ކޮށިތަކުގައި ބަންދުކޮށްފައި ކަމަށެވެ އަދި މިގޮތަށް ނަގާ ކުކުޅު ތަކަކީ އެކިތަންތަނުގައި ދިރިއުޅޭ ކުކުޅުތަކެއް ކަަމަށްވާތީ ބޭނުންކޮންމެ މީހަކަށް ވެސް އެފަދަ އެއްޗެއް ނެގިދާނެ ކަމަށް މިފަދަ އަމަލު ހިންގާ މީހުން ބުނެއެވެ..