English Edition
Dhivehi Edition

އަންނަ މަހު ރަޝިޔާގައި ފަށާ ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑްކަޕަށް ނެގި ސްކޮޑްގުން ފުރުސަތު ނުލިބުމުން މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު މެދުތެރެއަށް ކުޅޭ އެއްކުޅުންތެރިންގެ ތެރޭގައި ހިމެނޭ އިޓަލީގެ ރޯމާއަށް ކުޅޭ ނައިގޯލާން އަމިއްލައަށް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ

ނައިގޮލާން ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވަނީ އަންނަ މަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕްގައި ކޯޗު ރޮބާޓޯ މާޓިނޭޒްނެގި 23 ކުޅުންތެރިންގެ ތެރޭގައި އޭނާގެ ނަން ހިމެނިފައި ނުވުމުންކަމަށް ބެލްޖިއަމްގެ މީޑިއާ ރިޕޯޓު ތަކުން ބުނެއެވެ.

ރަޝިޔާގައި ފަށާ ވޯލްޑް ކަޕް ސްކޮޑުން ނައިގޮލާން ބާކީކޮށްފައިވާއިރު މާޓިނޭޒް ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ސެޕްޓެމްބަރު މަހު ކުޅުނު 2 މެޗަށް ނެގި ސްކޮޑުން ނައިންގޮލާން ބާކީ ކޮށްފައެވެ.އެހެންނަމަވެސް އަނެއްކާ ވެސް މިދިޔަ ނޮވެމްބަރު މަހު ޖަޕާން އާއި މެކްސިކޯއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި މާޓިނޭޒް ނައިންގޯލާންއަށް ފުރުސަތު ދީފައިވާއިރު މިއީ ފާއިތުވި 1 އަހަރު ތެރޭގައި ނައިންގޯލާން ބެލްޖިއަމް ސްކޮޑުން ބޭރުކޮށްލި 2 ވަނަ ފަހަރެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ހާމަކުރަމުން ނައިންގޯލާން ކުރި ޓްވީޓެއްގައި ބުނީ ގައުމީ ޓީމަށް ކުޅުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެނާއަށް މިސީޒަންގައި ކުރެވިއްޖެ ކަމަށާއި އެހެން ކަމުން މިއީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ޖެހޭ ވަގުތުކަމަށެވެ.

ނައިގޮލަން ވަނީ މިދިޔަ ސީޒަންގައި ރޮމާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ޖާގަ ހޯދުމުގައި މުހިންމު ދައުރެއް އަދާކޮށް މިދިޔަ ސީޒަންގައި ރޯމާއަށް މޮޅު ކުޅުމެއް ކުޅެދީފައެވެ.

ފީފާ ވޯލްޑް ކަޕް 2018: ބެލްޖިއަމްގެ 28 ކުޅުންތެރިންގެ ޕްރޮވިޝަނަލް ސްކޮޑް:

ގޯލްކީޕަރުން: ކޯއެން ކަސްޓީލްސް، ތިބައޯ ކޯޓުއާ، ސިމޮން މިންޔޮލޭ، މެޓްޒް ސެލްސް

ޑިފެންޑަރުން: ޓޮބީ އަލްޑަވެއިލްޑް، ޑާޑީކް ބޮޔަޓާ، ލޯރެންޓް ސީމަން، އެންޖެލެސް، ކްރިސްޓިއަން ކަބަސޭލޭ، ވިސެންޓް ކޮމްޕެނީ، ޖޯޑަން ލުކާކޫ، ތޯމަސް މުނިއޭ، ތޯމަސް ވަމައެލަން، ޖެން ވާޓޮންގެން

މިޑްފީލްޑަރުން: ޔަނިކް ކަރަސްކޯ، ކެވިން ޑި ބްރޭނާ، މޫސާ ޑެމްބެލޭ، ލިއަންޑާ ޑެންޑޮންކާ، މައުރާން ފެލައިނީ، އެޑެން ހަޒާޑް، ތޯގަން ހަޒާޑް، އަދްނާން ޔަނުޒާއީ، ޑްރީސް މާޓެންސް، ޔޫރީ ޓޯލިމެންސް، އެކްސެލް ވިޓްސެލް

ފޯވާޑުން: މިޝީ ބަޓްޝުއާއީ، ކްރިސްޓިއަން ބެންޓެކޭ، ރޮމެލޫ ލޫކާކޫ، ނަސޭރް ޔަޑްލީ