English Edition
Dhivehi Edition

އަންނަ ޖޫން މަހުގައި ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ފުޓްބޯޅަ އީދު ކަމުގައިވާ “ފީފީ ވޯލްކަޕް 2018″ގައި މިއަހަރު ވީޑިއޯ އެސިސްޓެންޓް ރެފްރީ(ވީއޭއާރު) ބޭނުން ކުރާ ގޮތަށް ނިންމައިފިއެވެ.

ރަޝިޔާގައި މިއަހަރު ބާއްވާ ވޯލްޑްކަޕްގައި މުޅިން އަލަށް ވީއޭއާރު ބޭނުން ކުރަން ނިންމާފައި މިވަނީ ރަޝިޔާގެ ފުޓްބޯޅަ ދިރާސާކުރާ ފަރާތަކާއި ފީފާ އަދި ދުނިޔޭގެ ފުޓްބޯޅަ ދިރާސާ ގިނަ ފަރާތަކުން މިކަމަށް އެއްބަސްވެފައިވާތީއެވެ.

ވީއޭއާއު ސިސްޓަމް މިހާރުވެސް އިނގިރޭސި ވިލާތުގެ ބައެއް މުބާރާތް ތަކުގައި ބޭނުން ކުރާއިރު ދުނިޔޭގެ ނަން މަޝްޙޫރު ލީގުތަށް ކަމަށް ވާ ޖާމަން ލީގު އަދި އިޓާލިއަން ލީގުގައިވެސް ވަނީ މި ސިސްޓަމް ބޭނުން ކުރަން ފަށާފައެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ގަވާއިދު ހަދާ މައިޖަމީއާ އައިއެފްއޭބީ އިން ބުނީ ދުނިޔޭގެ ހުރިހާ ލީގުތަކުގައި ވެސް މި ވަސީލަތް ބޭނުން ކުރުމަކީ މުހިންމު ކަމެއް ކަމަށް ވުމުން މިބަދަލު އަވަހަށް ފެނިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އައިއެފްއޭބީ ބޫނީ”މި ސިސިޓަމްގެ މައިގަނޑު މަގުސަދަކީ ސަކުވާ މަދު ކުރުމާއި ހައްގުތަށް ހޯދައިދިނުން ކަމަށެވެ.އަދި މީގެ ސަބަބުން ރެފްރީންނަށް ހެދޭ ގޯސްތަށް ވަގުތުން ރަނގަޅުކޮށް ހުރިހާ އެންމެންނަށް ހަމަހަމަ އުސޫލުން ކަންތަށް ނިމިގެން ދާނެކަމަށެވެ.

ވީއޭއާރު ބޭނުންކޮށްގެން ބަލާނެ ކަންތަށް

1.ގޯލެއްތޯ ނުވަތަ ނޫންތޯ

2.ޕެނެލްޓީއެއް ތޯ ނުވަތަ ނޫންތޯ

3.ވަގުތުން ރަތްކާޑު ދައްކަން ޖެހޭ ހަލަތެއް ތޯ/ދެވަނަ ރީދޫ ކާޑު ދައްކަން ޖެހޭ ތޯ/ގަސްތުގަ ކުރި ފައުލެއް ތޯ

4.ރެފްރީއަށް ނުބައި ކުޅުން ތެރިއަކށް ކާޑު ދެއްކުމުން އެކަން އިސްލާހު ކުރުމަށް