English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ބަތަލު ސަލްމާން ހާންގެ ޅިޔަނު އާޔުޝް ޝަރްމާ ބޮލީވުޑަށް ނުކުންނަ ފިލްމު “ލަވްރާތުރީ”ގެ ނަމުގެ މައްސަލަ ހޫނުވެއްޖެ އެވެ

މި ފިލްމުގެ ނަމުގެ މައްސަލަ ހޫނުވެ އެންމެ ފަހުން “ލަވްރާތްރީ” ގެ ނަމުގައި ފިލްމު ރިލީޒް ނުކުރެވޭނެ ކަމުގެ އިންޒާރުވެސް ހިންދޫ ގްރޫޕަކުން ވަނީ ދީފައެވެ. ހިންދޫ ދީންގެ މީހުން ބުނެފައިވަނީ އެމީހުން ފާހަގަކުރާ ނަވްރާތްރީ އާއި ގުޅުވައިގެން ފިލްމަށް ނަން ކިޔުމަކީ އެމީހުންގެ ދީނަށް ކުރާ ފުރައްސާރައެއްކަމަށެވެ

އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ނަވްރާތީ ފެސްޓިވަލުގެ ތެރޭގައި ގުޖުރާތުން ދިމާވާ ދެ ޒުވާނެއްގެ ދެމެދުގައި ހިނގާ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ

ކަމާ ގުޅިގެން މި ފިލްމު އުފައްދާ ސަލްމާން ޚާންގެ ޕްރޮޑަކްޝަން ކުންފުނީގެ ފަރާތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވާއިރު، ވަރަށް ފަހުން ރިލީޒްކުރި ސަންޖޭ ލީލާ ބަންސާލީގެ ފިލްމު “ޕަދްމާވަތީ”އަށްވެސް ވަނީ ނަމުގެ މައްސަލައާއި ކުރިމަތިވެފައެވެ. އެފަހަރު ޕަދްމާވަތީގެ ނަން ޕަދްމަވަތް އަށް ބަދަލުކޮށްގެން ރިލީޒްކުރެވުނު އިރު 2013 ވަނަ އަހަރު ރިލީޒްކުރި “ރާމް ލީލާ”ވެސް ނަމުގެ މައްސަލަޖެހި ރިލީޒްކޮށްފައި ވަނީ “ރާމް-ލީލާ: ގޮލިޔޯންކީ ރާސްލީލާ”އަށް ބަދަލުކޮށްގެންނެވެ