English Edition
Dhivehi Edition

ވޭސްޓް ކަލެކްޝަން ސަރވިސް، ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތް އައްޑޫ ސިޓީގެ ގިނަ ބަޔަކު ހޯދަމުން ދާ ކަމަށް އެކުންފުނިން ބުނެފިއެވެ. ވެމްކޯއިން އައްޑޫގައި ކުނިއުކާލުމުގެ ޚިދުމަތް މިއަހަރުގެ އެޕްރީލްމަހު ފަށާފައިވާއިރު ގިނަ ބަޔަކު ދަނީ ޚިދުމަތަށް އެދި ރަޖިސްޓްރީ ކުރަމުންނެވެ. މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ކުނި އުކާލުމުގެ ޚިދުމަތަށް ރަޖިސްޓްރީކުރަމުން އަންނަކަމަށް ވެމްކޯއިން ބުނެއެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އިތުރުން ހުޅުމީދޫން 408 ފަރާތުން ކުނި އުކާލުމުގެ ޚިދުމަތައް ރަޖިސްޓްރީކޮށްފައިވާއިރު، އެ ދެރަށުގައިވެސް ކުނި އުކާލުމުގެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ. އައްޑޫގެ ދެހާހަށްވުރެ ގިނަ ފަރާތުން މި ޚިދުމަތަށް އެދި ރަޖިސްޓްރީކޮށްފައިވާ އިރު ގޭބިސީތަކުން އުފެދޭ ކުނި ނެގުމުގެ ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ވެބްސައިޓުން އޮންލައިން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. 16 މެއި 2017 ވަނަ ދުވަހުން ފެށިގެން ތައާރަފުކުރި މި ހިދުމަތުގެ ބޭނުމަކީ ފަސޭހަކަމާއެކު ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކޮށްދިނުން ކަމުގައި ވެމްކޯއިންވަނީ ބުނެފައެވެ. އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށްޓަކައި ވެމްކޯގެ ވެބްސައިޓްގައިވާ ލިންކް https://reg.veshifaara.com/ މެދުވެރިކޮށް އެފަރާތެއްގެ ފުރިހަމަ މައުލޫމާތާއި އައިޑީކާޑުގެ ކޮޕީ އެޓޭޗްކޮށްފައި ފޮނުވުމަށްފަހު ފޯނަށް އަންނަ ވެރިފިކޭޝަން އަދަދު ޖެހުމުން ރެޖިސްޓްރީވެވުނީއެވެ. މީގެ އިތުރުން ވެބްސައިޓުން (http://wamco.com.mv) ފޯމް ޑައުންލޯޑްކޮށް ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް ކޮށްގެންވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި ކުރިއެކޭ އެއްފަދައިން ވެމްކޯ ހެޑް އޮފީހުން ފޯމް ދޫކުރުމާއި ބަލައިގަތުމުގެ ޚިދުމަތް ކުރިއަށްދާނެކަމަށް ވެމްކޯއިން އިން ވަނީ ބުނެފައެވެ. ކުނި އުކާލުމުގެ ޚިދުމަތައް ގޭބީސީއަކުން 100 ރުފިޔާ ނަގަމުން އަންނައިރު ކޮމާރޝަލް ތަންތަނުން އަގު ނަގަނީ އުކާލާ ކުނީގެ މިންވަރަށް ބަލައިގެންނެވެ. އަޑޫސިޓިގައި މިމަސައްކަތަށް މިހާރު ބޭނުންކުރަމުން އަންނަނީ 2 ޑަންޕް ޓްރަކާއި، 2 ކޮމްޕެކްޓަރ ނަމަވެސް މިއަހަރު ނިމުމުގެ ކުރިން ކުނި އުކާލައި އިތުރު ވެހިކަލްތައް އައްޑުއަށް ފޮނުވާނެކަމަށް ވެމްކޯއިން ބުނެއެވެ. ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތް ފުވައްމުލަކުގައިވެސް ވަރަށް އަވަހަށް ފެށުމަށް ވަނީ ނިންމާފައެވެ. މިކަމަށް ބޭނުންވާ ވެހިކަލްތައް މިހާރު ފުވައްމުލަކަށް ގެންގޮސް، ކުނިއުކާލުމުގެ ޚިދުމަތައް ރަޖިސްޓްރީކުރުމަށް ވަނީ ހުޅުވާލާފައެވެ.  

ޓެގު