English Edition
Dhivehi Edition

ރާމް ޗަރަން އަކީ ތެލުނގޫ ސިނަމާ ތަކުގައި މިވަގުތު އެންމެ އުހުގައި ފިޔަ ޖަހަމުންދާ ތަރިއެވެ. ރާމްގެ ބައްޕަ އަކީ މެގަސްޓާރ އެއް ކަމަށްވާ ޗިރަންޖީވީ އެވެ.


ރާމްގެ ސަޕޯޓަރުން ވަރަށް ގިނައެވެ. ބޮކްސް އޮފީހުގައި އޭނާގެ ފިލްމްތައް ހޯދަމުންދާ ކާމިޔާބީތަކަކީ އޭގެ ހެއްކެކެވެ. އޭނާގެ އެންމެ ފަހުން ރިލީޒް ކުރެވުނު ފިލްމް “ރަންގަސްތަލަމް” ވަނީ ބޮކްސް އޮފީހަށް އިންގިލާބެއް ގެނުވާފައެވެ. އެ ފިލްމް ވަރަށް ބޮޑު ކާމިޔާބެއް ހާސިލްކުރިއެވެ. އެ ފިލްމްގެ ކާމިޔާބަށްފަހު އޭނާގެ ބައްޕަ އޭނާއަށް ދީފައިވާ ނަސޭހަތަކީ ކޮބައިތޯ ސުވާލު ކުރުމުން ރާޖީވް މަސަންދް ގާތު އޭނާ ބުނެފައިވަނީ މިހާރުވެސް އޭނާގެ ބައްޕަ އޭނާ ގަވައިދުން ގަޑިއަށް ނިދާތޯ ބަލާ ކަމަށެވެ. ދިރިއުޅުމުގައި ގެންގުޅެންޖެހޭ ރިވެތި އަޚްލާޤް އަބަދުވެސް ދަމަހައްޓަން އޭނާގެ ބައްޕަ ބާރުއަޅާކަމަށެވެ.

ގަޑިޔަށް ފަރުވާތެރިވުމުގެ ރިވެތި އާދައިގެ ސަބަބުން ގިނަ ޕްރޮޑިއުސަރުންތަކެއް ދަނީ އޭނާ ލައްވާ ފިލްމްތަކަށް ސޮއި ކުރުވަމުންނެވެ. އެއީ ގަޑިޔަށް ރާމް ޗަރަން ޝޫޓިންގ ތަކަށް އަންނާނެ ކަމުގެ ޔަޤީންކަން އެމީހުންނަށް އޮންނާތީއެވެ. އަދި އޭނާއާއެކު މަސައްކަތް ކުރަން އެމީހުންނަށް ފަސޭހަވާތީއެވެ.