އިޒްރޭލަށް ނިސްބަތްވާ ނަޞާރާދީނުގެ މީހަކު އެނާގެ އަންހެން ދަރިފުޅު މުސްލިމް ފިރިހެނަކާ ރަށްޓެހިވުމުން ވަޅިއަކުން ހަމަލާދީ އަންހެން ކުއްޖާ މަރާލައިފިއެވެ. މިހާދިސާ ހިންގާފައިވަނީ އިޒްރޭލްގެ ރަށެއް ކަމަށްވާ ރާމައްލާގައެވެ. ފަންސާސްއަށް އަހަރުގެ ސާމީ ކައްރާ ރުޅިއައީ އެނާގެ ދަރިފުޅު 17 އަހަރުގެ ހެންރިއެޓް ކައްރާ މުސްލިމަކާ ހިތާވުމުންނެވެ. އެކަމާ ގުޅިގެން އައިރުޅީގައި ވަޅިން ހަމަލާ ދީ ދަރިފުޅު މަރާލާފައިވަނީ އެމީހުންގެ އަމިއްލަ ގޭގައެވެ. އެ އަންހެން ކުއްޖާ މުސްލިމަކާ ހިތާވިކަން އެނގުނު ދުވަހުން ފެށިގެންވެސް އެކަމާ އެނާގެ މައިންބަފައިންވަނީ ވަރަށް ބޮޑަށް ދެކޮޅު ހަދައިފައެވެ. އަދި މިއަހަރު މެއިމަހު ތެރޭގައި އެ އަންހެން ކުއްޖާ، އެނާގެ މައިންބަފައިންގެ ފަރާތުން ތަފާތު އިންޒާރު ތައް ލިބެން ފެށުމުންވަނީ ގެއިން ނިކުމެގެން ގޮސްފައެވެ. އަދި ވަގުތީ ގޮތުން ހުރީ މުސްލިމް ފިރިހެން މީހާގެ މަންމަގެ ގޭގައި ކަމަށް ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ބުނެފައި ވެއެވެ. ނަމަވެސް ހެންރިއެޓްގެ މައިންބަފައިން ވަނީ ތަފާތު އިންޒާރުތަށްދީ ގެއަށް އަނބުރާ އައުމަށް އަންގާފައެވެ. އަދި އޭގެ އިތުރަށް ފިރިހެންމީހާގެ މަންމަ ލައްވައި ދިޔައީ އަންހެން ކުއްޖާ ގެއަށް ފޮނުވުމަށް ބާރު އަޅަމުންނެވެ. ނަމަވެސް މިކަންތައް ބޮޑުވުމުން، ފިރިހެންމީހާގެ މަންމަ ފުލުހުންނަށް މައްސަލަ ހުށައެޅިއެވެ. ނަމަވެސް އަންހެން ކުއްޖާ ފުލުހުންގެ އެހީ ތެރިކަން ބޭނުމެއް ނުވިކަމަށްވެސް ދައުވާގައި ވެއެވެ. އޭގެފަހުން ޖެހިގެން އައިމަހު އަންހެން ކުއްޖާ ރަށްޓެސަކާ އެކު އުޅެމުން ދަނިކޮށް، އެނާގެ ބައްޕަ އެގެއަށް އައިސް ތަފާތު އިންޒާރުދީ އަދި މާރާމާރީ ހިންގައިފައިވަކަމަށް ވެއެވެ. އަދި އެނާ މުޅި އުމުރުގައި ވެސް ޖަލުގައި ހުރުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފައިވާ ކަމަށް ދައުވާގައި ވަނީ ބުނެފައެވެ. އަދި އޭގެ ދެދުވަސް ފަހުން ސޯޝަލް ވޯކަރަކާ ބައްދަލު ކުރުމަށްފަހު އަންހެން ކުއްޖާވަނީ ގެއަށް ގޮސްފައެވެ. ޖޫން 12 ވަނަ ދުވަހު އެނާ ވަނީ އެނާ ސްކޫލް ދައުރު ނިމި ގްރެޖުއޭޝަން ޕާޓީއަށް ގޮސްފައެވެ. އޭގެ ފަހުދުވަހު ޕޯސްޓް އޮފީހަށް ގޮސް އެނާ ރަށްޓެހިވެގެން އުޅޭ ފިރިހެން މީހާ ޖަލުގައި އޮތުމުން އޭނާއަށް ވަނީ 100 ޑޮލަރު ޖަމާ ކޮއްދީފައެވެ. އަދި އެ ފިރިހެން މީހާ ހަފްތާއެއް ފަހުން ޖަލުން ދޫކުރަންވެސް ވަނީ ހަމަ ޖެހިފައެވެ. އޭގެ ފަހުން އަންހެން ކުއްޖާ ގެއަށް އައިސް އެނާ އިސްލާމް ވުމަށް ތައްޔާރު ކަމަށް އާއިލާ މީހަކު ކައިރީ ވަނީ ބުނެފައެވެ. މި ޚަބަރު އެނާގެ ބައްޕައަށް ލިބުމުން ބަދިގެއިން ވަޅިއެއް ނަގައިގެން އައިސް ވަނީ ދަރިފުޅުގެ ގަޔަށް ތިންފަހަރު ވަޅި ހަރައިފައެވެ. އޭއަނިޔާވެރި އަމަލުގެ ސަބަބުން އަންހެން ކުއްޖާވަނީ މަރުވެފައެވެ.