މީހާގެ ސިފަ އާއި ސާފުތާހިރުކަން އެންމެ ފުރިހަމައަށް ދައްކުވައިދޭނީ އެމީހެއްގެ މޫނު މަތިންނެވެ. މޫނުމަތީގެ ރީތިކަން ފުރިހަމަ ވުމުގައި ލޯ، ނޭފަތް، ތުންފަތް، އެސްފިޔަ، ދަތްޕިލަ، ބުމަ މުހިންމު ރޯލެއް އަދާކުރެއެވެ. ހާއްސަކޮށް މޫނުގެ ހަންގަނޑު މީހާގެ ރީތިކަން ދައްކުވައި ދިނުމުގައި ވަރަށް ބޮޑު ރޯލެއް އަދާ ކުރެއެވެ. ނަމަވެސް ބުމައަކީ ވެސް މޫނުމަތީގެ ރީތިކަން ފުރިހަމަ ކުރުމަށްޓަކައި ވަރަށް ގިނަ މީހުން ސަމާލުކަން ދޭ އެއް ބައެވެ. ބުމަ ރީތިކޮށް ބެހެއްޓުމަށް ބައެއް މީހުން ބުމަ ހަދާއިރު އަނެއްބައި މީހުން އަނދުން ބޭނުންކޮށްގެން ބުމައިގެ ފުރިހަމަކަން ގެނެއެވެ. ބުމައިގެ ރީތިކަން އިތުރުވެގެން އަންނަނީ ބުމައިގައި ހިމެނޭ އިސްތަށީގެ މިންވަރުންނެވެ. ތިރީގައި އެވަނީ ބުމައިގެ އިސްތަށި ފެޅުވުމަށް ޤުދުރަތީ ވަސީލަތްތައް ބޭނުން ކޮށްގެން ދެވިދާނެ ބައެއް ފަރުވާ ތަކެވެ.
- ކާށި ތެޔޮ: އިނގިލީ ކޮޅަށް ދެތިން ތިކި ކާށި ތެޔޮ އަޅާލުމަށް ފަހު ބުމާގައި އުނގުޅާލައި ރަނގަޅަށް މަސާޖްކޮށްލާށެވެ. މިގޮތަށް ރޭގަނޑު ނިދުމުގެ ކުރިން މަސާޖްކޮށްލުމުން ލޭހިނގާ މިންވަރު އިތުރުކޮށްދެއެވެ.ދެން ހެނދުނު ހޭލައިގެން ތާފަނާފެނުން ރީއްޗަށް ދޮވެލާށެވެ. މިގޮތަށް އެއްމަސް ނުވަތަ ދެމަސް ވަންދެން ދުވާލަކު އެއް ފަހަރު ހަދާނަމަ ބުމައިގެ އިސްތަށިފަޅާ މިންވަރު އިތުކޮށްދޭނެއެވެ.
- ބިސް: ބިހުގެ ގޮބޮޅި ވަކިކޮށްލުމަށްފަހު، ކްރީމްވަންދެން ބިސް ގިރާލާށެވެ. އެއަށްފަހު ކަފަބުރަކުން މި ތައްޔާރު ކުރި ކްރީމް ބުމައިގައި އުނގުޅާލާށެވެ. ދެން 15-20 މިނިޓް ވަންދެން ބަހައްޓާލުމަށްފަހު ފިނިފެނުން ދޮވެލާށެވެ. ބިހުގެ ގޮބޮޅީގައި ހިމެނޭ ޕްރޮޓީން އަކީ އިސްތަށިފެޅުމަށް އެހީވެދޭ މާއްދާއެކެވެ. ހަފްތާއަކު އެއްފަހަރު ނުވަތަ ދެ ފަހަރު މިފަރުވާ ދިނުމުންނަތީޖާ ފެންނާނެއެވެ.
- އޯބަތް (ފެނުގްރީކް ސީޑް): މޭޒުމަތީ ސަމުސަލުގެ އެއްސަމުސާ އޯބަތް ފެނަށް އަޅާފައި ފަސް ގަޑިއިރު ވަންދެން ފޯކޮށްލަން ބަހައްޓާލާށެވެ. އެއަށްފަހު މިކްސްޗަރުން ފުނޑާލާށެވެ. ދެން މިތައްޔާރު ކުރެވުނު ޕޭސްޓްގެ ތެރެއަށް ކުޑަ %100ކާށި ތެޔޮފޮދެއް އެއްކޮށްލާށެވެ. ރޭގަނޑު ނިދުމުގެ ކުރިން މި ޕޭސްޓް ބުމާގައި އުނގުޅާލާފައި ބަހައްޓާށެވެ. ހެނދުނު ހޭލައިގެން ތާފަނާ ފެންފޮދަކުން ރީއްޗަށް ދޮވެލާށެވެ. މިގޮތަށް ހަފްތާއަކު 2-3 ފަހަރު ދެމަސް ދުވަސް ވަންދެން ހެދުމުން ނަތީޖާ ފެންނަން ފަށާނެއެވެ.
- ލުނބޯ: ލުނބޯ ފޮތިކޮށްލުމަށްފަހު ބުމާގައި އުނގުޅާލާށެވެ. އެއަށްފަހު ބުމާގައި ލުނބޯދިޔަ އުނގުޅުމަށްފަހު 15-20 މިނިޓްވަންދެން ހިއްކާލުމަށް ބަހަށްޓާށެވެ. ދެން ތާފަނާ ފެންފޮދަކުން ރީއްޗަށް ދޮވެލާށެވެ. ބުމަރީތި ވަންދެން މިގޮތަށް ދުވާލަކު އެއްފަހަރު ހަދާށެވެ.
- ކިރު: ކަފަކޮޅެއް ކިރުން ތެތްމާލުމަށްފަހު ބުމާގައި އުނގުޅާފައި ހިކެންދެން ބަހައްޓާށެވެ. ކިރުފޮދު ރަނގަޅަށް ހިކުމުން ތާފަނާ ފެންފޮދަކުން ބުމަ ރީއްޗަށް ދޮވެލާށެވެ. އާއްމުކޮށް މިހެން ހަދާނަމަ ބުމާގެ އިސްތަށިތައް ވަރުގަދަވެ އިތުރުކޮށްދެއެވެ.