English Edition
Dhivehi Edition

އެސްޓީއޯ މިނިވަން ޗެމްޕިއަން ޝިޕްގެ ސެމީ ފައިނަލްއިން ޖާގަ ހޯދާއިގެން ނިލަންދޫ ޕްރިމިއަ ލީގުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ގޫރޫޕް އޭގައި ހިމެނޭ ނިލަންދޫ ކަށަވަރުކޮށްފައިވައި މިވަނީ މިއަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށްދާ ހަތަރު ޓީމަށް ޕްރިމިއަ ލީގުން ޖާގަ ކާށަވަރު ވާތީއެވެ.

ގްރޫޕް އެކެއްގައި ހިމެނޭ ނިލަންދޫ ސެމީ އިން ޖާގަ ހޯދީ އިއްޔެ ހަވީރު ހޯޑެއްދޫ އާއި ބައްދަލުކުރި މެޗު 2-8 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބުކޮށްގެންނެވެ. މި މޮޅާއެކު ނިލަންދޫ މިހާރު އޮތީ އަށް ޕޮއިންޓާ އެކު އެ ގްރޫޕްގެ އެއްވަނައިގައެވެ.

މި ގްރޫޕުން ސެމީގެ ޖާގައެއް ދެން ކަށަވަރުކުރާ ޓީމެއް އިނގޭނީ މިއަދު ސ.ހިތަދޫ އާއި ތ.ތިމަރަފުށި ބައްދަލުކުރާ މެޗަށްފަހުއެވެ. މިމެޗުން މޮޅުވާ ޓީމަކަށް ސެމީގެ ޖާގައެއް ކަށަވަރު ވާއިރު މިމެޗު އެއްވަރުކޮށްލައިގެން ވެސް ތިމަރަފުށްޓަށް ސެމީއަށް ދާނެއެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ސެމީފައިނަލް މެޗުތަށް އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ކުޅޭނެއެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު މާލޭގައެވެ.