. މޫދަށް އެރި އުޅެނިކޮށް އައްޑޫ ސިޓީ ހިތަދޫން ގެއްލުނު ކުދިން ހޯދުމަށް މިހާތަނަށް ތިން ނޯޓިކަމް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ
އެމްއެންޑީއެފުން ބުނީ ހާދިސާ ހިނގިވަގުތުން ފެށިގެން ގެއްލުނު 2 ކުދިން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ކަަމަށާއި އިއްޔެ އާއި އަދި މިއަދުވެސް ވައިގެ މަގުންނާއި ކަނޑުމަގުން އެ ކުދިން ފެނޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުއްޓަރު ފަރާތަށް މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމަށް އެމްއެންޑީއެފުން ރޭގައި ވަނީ ނައިޓް ވިޝަން ޑިވައިސް ވެސް ބޭނުންކޮށްފައެވެ.
މި ހާތަނަށް ހޯދުނު ހޯދުން ތަކުން އެކުދިންގެ އެއްވެސް ޚަބަރެއް ނުވެއެވެ. ނަމަވެސް ގެއްލިގެން ހޯދަމުންދާ ދެ ކުދިންގެ ތެރެއިން ވއެއް ކުއްޖެއްގެ ޓީޝާޓް ކަމަށް ބެލެވޭ ޓީޝާޓެއް ރޭ ދަންވަރު، އެ ސަރަހައްދުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އައްޑޫސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާއިން ފުއްޓަރު ފަރާތަށް މޫދަށް އެރި އުޅެނިކޮށް އޮޔާ ގެންގޮސްފައިވަނީ ތިން ކުއްޖެކެވެ. ނަމަވެސް އެތަނުން އެއް ކުއްޖަކު ވަނީ ސަލާމަތްކޮށްފައެވެ.