English Edition
Dhivehi Edition

މުހައްމަދު ނައީމް (މޮނާޒާ ނައީމް) ހޯދަން ދެވަނަ ފަހަރަށް ފުލުހުން އިއުލާންކޮށްފިއެވެ.

މުހައްމަދު ނައީމް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާބޭފުޅެކެވެ.

ފުުހުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، މުޙައްމަދު ނަޢީމް ހޯދަމުންދަނީ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން ސިވިލް ކޯޓަށް ހާޟިރުކުރުމަށް ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ 10:15 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންކަމަށެވެ.

މިއީ ނައީމް ހޯދަން ފުލުހުން އިއުލާން ކުރި ދެވަނަ ފަހަރެވެ. ނައީމް ހޯދަން މިދިޔަ ފެބުރުއަރީ މަހު ވެސް ފުލުހުން އިއުލާން ކުރިއެވެ.