English Edition
Dhivehi Edition

މެންޗެސްޓަރ ޔުނައިޓެޑްގެ ޒުވާން ޕޯވާޑް އާއި ދާދި ފަހުން މެންޗެސްޓަރ ޔުނައިޓެޑް ގުޅުނު ބެލްޖިއަމްގެ ފޯވާޑް ލުކާކޫ ކުރިއަށް އޮތް ސީޒަންގައި އެއްކޮށް ދަނޑުމަތިން ފެނުމުގެ ފުރުސަތު ބޮޑުކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނެފިއެވެ. މޮރީނިއޯ މިހެން ބުނެފައިވަނީ އާސީޒަންނަށް ތަށްޔާރު ވުމުގެ ގޮތުން މީހާރު އެމެރިކާގައި ކޭމްޕް ކޮށްފައިވާ މެންޗެސްޓާ ޔުނައިޓެޑް ކެލިފޯނިއާ ގައި މިއަދު ހެނދުނު އެލްއޭ ގެލެގްސީ އާއި ދެކޮޅަށް ކުޅުނު މެޗަށް ފަހުގައެވެ. މިއަދު ހެނދުނު އެލްއޭ ގެލެގްސީ އާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް 5-2ލަނޑުން މޮޅުވި މެޗުގައި އިނގިރޭސި ގައުމީ ޓީމަށް ވެސް ކުޅޭ މެންޗެސްޓަގެ ޕޯވާޑް ރަސްޕޯޑް ވަނީ 2 ދެ ލަނޑު ޖަހާފައެވެ. މިއަދުގެ މެޗުގެ ޔުނައިޓެޑްގެ އަނެއް ތިން ލަނޑު ޖަހާފައި ވަނީ މިކްތަރިއަން،މާޓާ އަދި މާޝިއަލްއެވެ. މިިދިޔަ ސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑް އަށް 11 ގޯލް ޖާހާދީ ފައިވާ ރަސްޕޯޑް އަންނަ ސީޒަންގައި 75 މިލިއަން ޕައުންޑަށް އެވަނޓައިން ޔުނައިޓެޑްގެ ފޯވާޑްލައިން ވަރުގަދަ ކުރުމަށް ގެނާއި ލުކާކޫ އާއި އެކު އިސްރޯލެއް އަދާކުރާނެކަަމަށް ބެލެވެއެވެ. މޮރީނިއޯ ބުނި ގޮތުގައި ރަސްޕޯޑް ވަނީ މިދިޔަ ސީޒަންގައި ޔުނައިޓެޑްގައި ގިނަ މެޗްތަކެއް ކުޅެފައިކަމަށާއި އެގޮތުން އޭނާ ވަނީ ޔުނައިޓެޑުން ޔުރޮޕާލީގު ހޯދިއިރު އެ މުބާރާތުގެ މުހިންމު މެޗުތަކުގައި ކުޅެފައި ކަމަށެވެ.އަދި ހަމަ އިތުރަށް މޮރީނިއޯ ބުނި ގޮތުގައި ރަސްޕޯޑް އަކީ ޒުވާން ކުޅުންތެރިއެއް ކަމަށާއި އޭނާއަށް ރަސްޕޯޑް ލައްވާ ލަނޑު ޖަހުވާނެ ގޮތްތަށް އެނގޭކަމަށެވެ.