English Edition
Dhivehi Edition

މަމެން ޕްރިޕެއިޑް އެޕާއެކު ދެގުނަ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ. އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭ ގޮތަށް އުފެއްދި މޯބައިލް ޕްރީޕެއިޑް ޕްލޭން، މަމެންނާގުޅިގެން ދިރާގުން މިހަފްތާ ބަންދުގައި ދިރާގުން ފެށި މި ޕްރޮމޯޝަނުގައި މަމެން އެޕް އިން މީގެ ކުރިން ލިބޭ ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ގެ އަދަދު ދެ ގުނައަށް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން ޑިޖިޓަލް ލައިފްސްޓައިލްތަކަށް ލޯބިކުރާ ޒުވާނުންނަށް މަމެން ކަމުދާނެ ސަބަބުތައް ކިޔައިދިނުމާއި އެޕް މެދުވެރިކޮށް ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމުގައި ކަސްޓަމަރު ބާރުވެރިވާ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ދަނީ މާލެއާއި އަތޮޅު ތަކުގައި ތަފާތު އިވެންޓުތައް ބާއްވަމުންނެވެ.

މަމެންނަކީ ޕްރީޕެއިޑް މޯބައިލް ޕްލޭނެކެވެ. މަމެންގައި ބައިވެރިވެވޭނީ ފޯނަށް އެޕް ޑައުންލޯޑްކުރުމަށްފަހު ޕްލޭންގައި ބައިވެރިވެގެނެވެ. މި ޕްލޭންގައި ޕްރިޕެއިޑް ކަސްޓަމަރުންނަށް ވަގުތުން ބައިވެރިވެވޭ އިރު އެހެން ކަސްޓަމަރުން އެކަމަށް ހާއްސަ ސިމެއް ނުވަތަ ޕްރީޕެއިޑް ސިމެއް ހޯދަންޖެހެއެވެ.

މަމެން ޕްލޭންގައި ސީދާ ފައިސާ ނުގެންގުޅޭނެއެވެ. ބޭނުންކުރާނީ އާރް ބީ (ރާޅުބިސް) އެވެ. ހިނގާ ހަމައެކަނި ފައިސާގެ މުއާމަލަތަކީ އާރްބީ ގަންނަން ހިންގާ މުއާމަލާތެވެ. އާރްބީ ސީދާ އެޕް މެދުވެރިކޮށް، ނުވަތަ ރީލޯޑް ނުވަތަ ރީޗާޖް ވައުޗަރ މެދުވެރިކޮށް ގަނެވޭނެއެވެ. އާރްބީ އަކީ ގިނަދުވަހަށް ދެމިހުންނަ އެއްޗެކެވެ. މަސް ނިމުމަކުން ބޭނުންނުކޮށް ހުރެގެން އަދި އާރްބީއެއް ނުގެއްލޭނެއެވެ.

މަމެންގައި ހިމެނޭ މައިގަނޑު 4 ސިފަތަކުގެ ތެރޭގައި އެމީހަކު ބޭނުންވަރަކަށް ޑޭޓާ،ވޮއިސް އަދި އެސްއެމްއެސް އެޕްގައި އެކަމަށް އިންނަ ހާއްސަ ސްލައިޑަރެއް ދަމާލައިގެން ފަސޭހަކަމާއެކު ހޯދެއެވެ. އަދި ޑޭޓާ ގިނަކޮށްފައި ވޮއިސް މަދުވެސް ކުރެވެއެވެ. މިއާއެކު އަމިއްލައަށް ކަނޑައަޅާ ޕްލޭން ބޭނުން އިރަކު ހަމަ އެހާފަސޭހައިން ސްލައިޑަރ ދަމާލައިގެން އެޕުން ބަދަލުކޮށްލެވޭނެއެވެ. އަދި ގަނެފައިވާ ޑޭޓާ ނުވަތަ ވޮއިސް ނުވަތަ އެސްއެމްއެސް އަނބުރާ އާރްބީ އަށް ބަދަލުކޮށްލެވޭނެއެވެ. މިއާއެކު މަމެން އެޕުން ފޯނު ބޭނުންކުރާ މިންވަރު ނުވަތަ ޔޫސޭޖް ވަގުތުން ވަގުތަށް ފަސޭހައިން ބަލާލެވޭނެއެވެ. މީގެ އިތުރުން ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ފަސޭހައިން އާރްބީ ފޮނުވައި ހަމައެހާމެ ފަސޭހައިން އާރްބީ ހޯދުމަށް އަހާލެވޭނެއެވެ.

މަމެން ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ދިރާގުން ވަނީ އެކި ކެފޭތަކާއި ލައިފްސްޓައިލް ވިޔަފާރިތަކާ ޕާރޓްނަރ ވެގެން މަމެނިއަރސް އަށް ހާއްސަ ޑިސްކައުންޓަކާއި އޮފަރ ތައް ފޯރުކޮށްދިނުމަށް ގަސްތުކޮށްފައެވެ. މަމެން ޕްލެޓްފޯމް މެދުވެރިކޮށް އެކި ހަފްތާގައި ތަފާތު އެކި އޮފަރތައް މިދެންނެވި ޕާޓަނަރ ވިޔަފާރިތަކުން ލިބޭނެއެވެ.