English Edition
Dhivehi Edition

ބ. ކެންދޫ ޕޮލިސް ޑެސްކުން މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި ދެމީހުން ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތި ހިފައިގެން ޑިންގީއެއްގައި ބ. ކެންދޫއަށް އަންނަކަމަށް، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ކެންދޫ ޕޮލިސް ޑެސްކާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ އޭޕްރީލް 10ވަނަ ދުވަހު އެވެ. އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 33 އަހަރު ދިވެހި ފިރިހެނަކާއި 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މިދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، އެމީހުންގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 03 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި މިމައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދަޅުވިއެވެ.

 

.