English Edition
Dhivehi Edition

ޓޯޓަލް ފިޓްނަސް ގްރޫޕް ޕްރައިވެޓް ލިމިޓެޑް (ޓީ.އެފް.ޖީ) އިން އައްޑޫސިޓީގައި “ރަން-އިން އައްޑޫ 2017” ގެ ނަމުގައި ދުވުމުގެ ރޭހެއް ބޭއްވުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ. މިރޭހަކީ “ރަން-އިން-މޯލްޑިވްސް” ގެނަމުގައި ޓީ.އެފް.ޖީ އިން އިސްނަގައިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ ދުވުމުގެ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ހިންގާ ހަރަކާތެކެވެ. މިހަރަކާތްތައް ހިންގުމުގެ ބޭނުމަކީ އާންމުން ކަސްރަތާމެދު އިތުރަށް ހޭލުންތެރި ކުރުވުން ކަމުގައި ޓީ.އެފް.ޖީ އިން މަޢުލޫމާތު ދެއެވެ. ސޕްޓެމްބަރ 15 އަދި 16 ވަނަ ދުވަހު ބޭއްވުމަށް ރާވަމުން ގެންދާ މިހަރަކާތް އިންތިޒާމް ކުރުމުގައި މަޝްވަރާ ކުރުމަށް ޓީ.އެފް.ޖީ ގެ ފަރާތުން އިއްޔެ ކައުންސިލާ ބައްދަލުކޮށް ކައުންސިލްގެ ލަފަޔާ އިރުޝާދު ހޯދާފައެވެ. އަދި އަދި އެމް.އެން.ޑީ.އެފް އާއި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ރީޖަނަލް ހޮސްޕިޓަލާ އެކު މިއަދު އިތުރު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.