އެޕަލް އިން ކަސްޓަމަރުންނަށް މަކަރު ހަދައިފައިވާތީ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 200،000 ކޮރިއަން ވޮން (12.75) ބިލިއަން ޑޮލަރު ނަގައި ދިނުމަށް 50،000 އަށް ވުރެ ގިނަ ކަސްޓަމަރުން ކޯޓަށް ހުށަހަޅައިފި އެވެ
އެޕަލް އާއި އެ ކުންފުނީގެ ކޮރެއާ ގޮތްޕާ ދެކޮޅަށް ދައުވާ ކުރަން ސޯލް ސެންޓްރަލް ޑިސްޓްރިކް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހުކުރު ދުވަހު ގައެވެ. އެޕަލްގެ އައިފޯން ބޭނުންކުރާ ކަސްޓަމަރުންނަށް އުދަގޫވާގޮތަށް ފޯންގެ ސޮފްޓްވެއާ ސްލޯ ކުރި ކަމަށް ބުނާ މައްސަލާގައި އެ ކުންފުނީގެ ކަސްޓަމަރުން ބުނެފައިވަނީ އެޕަލް އައިފޯންގެ ސޮފްޓްވެއާ ސްލޯކޮށްފައި ވަނީ،އެ ކުންފުނިން ނެރޭ އާ ފޯންތައް ކަސްޓަމަރުންނަށް ގަންނަން މަޖުބޫރު ކުރުވުމުގެ މަގުސަދުގައިކަމަށެވެ
މިދިޔަ ޖެނުއަރީ މަހު ކޮރެއާގެ ސިވިކް ގްރޫޕަކުން ވެސް ވަނީ އެޕަލް އިން މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ ނަމުގައި އެޕަލްއާ ދެކޮޅަށް ދައުވާކޮށްފަ އެވެ