އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕްގެ ސެމީފައިނަލްގައި ޖަރުމަން އަތުން ތަފާތު ބޮޑުކޮށް ބަލިވި މެޗަށް ފަހު މި ދެ ޓީމް ރޭ ބައްދަލު ކުރި ބައިނަލް އަގުވާމީ ރަހުމަތްތެރިކަމުގެ މެޗު ބްރެޒިލްއިން ކާމިޔާބުކޮށްފިއެވެ
ރޭ ކުޅުނު ވާދަވެރި މިމެޗުގައި އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ބަލިކޮށް ބްރެޒިލް މިމެޗު ކާމިޔާބުކޮށްފައިވަނީ 1-0 ލަނޑުގެ ނަތީޖާ އަކުންނެވެ
ރޭގެ މެޗު ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ބްރެޒިލްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ ފަހު ކޮޅު ބްރެޒިލްއަށް ކާމިޔާބުކުރީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ގެބްރިއާލް ޖީސަސްއެވ
ރޭގެ މެޗުން ބްރެޒިލް ކާމިޔާބު ކޮށް ޖަރުމަން އަތުން ބަދަލު ހިފިނަމަވެސް އެންމެފަހުން އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕުގެ ސެމީފައިނަލްގައި މި ދެޓީމު ބައްދަލު ކުރި މެޗު 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ ޖަރުމަނެވެ