English Edition
Dhivehi Edition

ބައިނަލް އަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ އިސްކޯކާމިޔާބު ކުރި ތިން ލަނޑުން އާޖެންޓީނާ އާޖެންޓީނާ ބޮޑު ތަފާތަކުން ބަލިކޮށް ސްޕެއިންނުން އާޖެންޓީނާ ލަދު ގަންނަވާލައިރު މިއަހަރުގެ ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތް ބާއްވާ ގައުމު ރަޝިޔާ ފްރާންސް އިތުން ބަލިވެއްޖެއެވެ.

ދުނިޔޭގެ ގަދަ ބާރުގެ ގޮތުގައި ބެލެވޭ މި ދެޓީމް ބައްދަލުކުރި މެޗު ސްޕެއިންއިން ކާމިޔާބުކުރީ 1-6 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

ވޯލްޑް ކަޕް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ގައުމު ކަމަށްވާ އާޖެންޓީނާ ކޮޅަށް މެޑްރިޑުގައި ކުޅުނު މި މެޗުގައި އިސްކޯ ހެޓްރިކެއް ހެދިއިރު ސްޕެއިންގެ އެނއް ތިން ލަނޑު ކާމިޔާބުކޮށްފައިވަނީ އަސްޕާސް އާއި ކޮސްޓާއެވެ.

ރޭ ކުޅުނު ފޯރިގަދަ މިމެޗުގެ 12 ވަނަ މިނެޓުގައި ޑިއޭގޯ ކޮސްޓާގެ ލަނޑޫން ސްޕެއިން މެޗުގެ ލީޑު ނަގާފައި ވާއިރު ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިސްކޯވަނީ ކޮސްޓާ ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވއިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާކޮށްދީފައެވެ.

ނަމަވެސް ފުރަތަމަ ހާފް ނިމެން ވަރަށް ކައިރިވެފައިވަނިކޮށް އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ ވަނީ ލަނޑެ ޖަހައި އެޓީމަށް އުންމީދެއް ހޯދަދީފައެވެ.އެހެން ނަމަވެސް މެޗުގެ ދެވަނަ ހާފް ފެށިގެން މާގިނައިރެއް ނުވަނީސް އިސްކޯ ވަނީ އަލުން ސްޕެއިންގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ތިއާގޯ ވަނީ ސްޕެއިންއަށް ހަތަރު ވަނަ ލަނޑެއް ޖަހާދީފައެވެ. މެޗުގައި ސްޕެއިން 5 ވަނަ ލަނޑު ޖަހައިދިނީ އިއާގޯ އަސްޕާސް އެވެ. އަދި އެޓީމުގެ 6 ވަނަ ލަނޑު ޖަހައިދިނީ މެޗުގައި ހެޓްރިކެއް ފުރިހަމަ ކުރި އިސްކޯ އެވެ.

ރޭ ފްރާންސް އިން ވަނީ މި އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމު ރަޝިއާ އަތުން ރަށުން ބޭރުގައި 3-1 އިން މޮޅުވެފަ އެވެ.

ރަޝިއާގެ ސެއިން ޕީޓާސްބާގުގައި ކުޅުނު މެޗުގެ 40 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ ވަނީ އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ދެ ވަނަ ގޯލް ޖެހީ ޕައުލް ޕޮގްބާ އެވެ. ރަޝިއާ އިން 68 ވަނަ މިނެޓުގައި ތަފާތު ކުޑަކުރި ނަމަވެސް އެމްބާޕޭ ވަނީ 83 ވަނަ މިނެޓުގައި ގޯލް ޖަހައި ފްރާންސަށް މޮޅެއް ކަށަވަރުކޮށްދީފަ އެވެ