English Edition
Dhivehi Edition

ލަންކާގައި މެންޗެސްޓާ ޔުނައިޓެޑުން އެކަޑެމީ ހިންގާތާ އަހަރެއް ފުރުން ފާހަގަ ކުރުމަށް ބޭއްވި “މެންޗެސްޓާ އިންޑެޕެންޑެސް އިންޓަނޭޝަނަލް ކަޕް”ގެ ޗެމްޕިއަންކަން ދިވެހި ރާއްޖެގެ އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީ.ޓީ.އެފް.އޭ) އިން ކާމިޔާބުކޮށްފިއެވެ.

ދެދުވަހުގެ މުއްދަތަށް ލަންކާގައި ކުރިޔަ ދިޔަ މިމުބާރާތް އާލީ ޓަޗް އެކަޑެމީން ކާމިޔާބުކޮށްފައިވަނީ ފައިނަލްގައި ލަންކާގެ މެންޗެސްޓާ ޔުނައިޓެޑް އެކަޑެމީގެ ޓީމަކާއި ބައްދަލުކޮށް 0-1 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗުގެ ހަމައެކަނި ލަނޑު އީޓީއެފްއޭ އަށް ކާމިޔާބުކޮށްދިނީ ރީހާން ރިޝާމްއެވެ.

ލަންކާގައި ކުރިއަށްދިޔަ މެންޗެސްޓާ އިންޑެޕެންޑެސް ކަޕުގައި އީޓީއެފްއޭ އިން ކާމިޔާބުކޮށްފައިވާއިރު މި މުބާރާތުގައިވަނީ އީޓީއެފްއޭ އިތުރުން ދިވެހި ރާއްޖޭގެ ދެ ޓީމުކަމުގައިވާ ހުޅުމާލެ ސްޕޯޓްސް ސްކޫލާއި މާޒިޔާ ފުޓްބޯލް އެކަޑަމީ ވަނީ މުބާރާތުގައި ބައިވެރިވެފައެވެ.

މުބާރާތް ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާ އިރު މުބާރާތުގައި ވަނީ ޖުމްލަ 30 މެޗު ކުޅެފައެވެ.

މިމަހުގެ 24 އަދި 25ގައި ކުރިއަށް ދިޔަ މިމުބާރާތުގައި ރާއްޖޭން ވާދަ ކުރި ތިން ޓީމުވެސް ގްރޫޕް ސްޓޭޖު ފަހަނައަޅާ ޕްލޭ އޮފް ބުރަށް ގޮސްފައި ވާއިރު މީގެ ތެރެއިން ކުއާޓާއަށް ދިޔައީ އާލީ ޓަޗް އެކަޑެމީއާއި ހުޅުމާލޭ ސްޕޯޓްސް ސްކޫލުގެ ޓީމެއެވެ.