English Edition
Dhivehi Edition

އައްޑޫ ސިޓީ، ސ.ހިތަދޫ ގެއެއްގެ ތެރޭގައި އޮތް ކާރެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ނިއްވާލައިފިއެވެ.

މިހާދިސާގައި އަލިފާން ރޯވެފައިވަނީ ސ.ހިތަދޫ ދިރާމުލި ގޭ ގޯތިތެރޭގައި ޕާރކުކޮށްފައި އޮތް ކާރެއްގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާއިރު، އެ ގޯތިތެރޭގައި ޕާރކްކޮށްފައި ހުރި ސައިކަލަކަށް ވަނީ ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރުކޮށްފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް ގެ ރަސްމީ ވެބްސައިޓުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރޭ ދަންވަރު، 02:00 ހާއިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ ގުޅިގެން، ސިފައިން ހަރަކާތްތެރިވެ ރޯވެފައިވާ އަލިފާންގަނޑު ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލާފައެވެ.

ކާރުގައި ރޯވި މި ހާދިސާ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ ތަޙުޤީޤު ކުރަމުންނެވެ.