English Edition
Dhivehi Edition

ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށް ފަހު މިސީޒަންގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް އާއި ގުޅުނު ކުރީގެ ޗެލްސީގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ސްޕެއިން ގައުމީ ޓީމުން ޖާގަ ހޯދިއިރު ކޮސްޓާގެ ބަދަލުގައި ޗެލްސީއަށް ސްޕެއިންގެ ރިއަލްމެޑްރިޑްއިން ގެނައި ފޯވާޑް އަލްވާރޯ މޮރާޓާ ސްޕެއިން ގައުމީ ޓީމުން ބާކީކޮށްފިއެވެ.

މިއަހަރު ޖޫން މަހުގައި އޮންނަ ފީފާ ވޯލްޑް ކަޕްއަށް ތައްޔާރު ވުމުގެ ގޮތުން ސްއިންގެ ގައުމީ ޓީމުން ޖަރުމަނާއި އާޖެންޓީނާ ބައްދަލު ކުރާ ރަހުމަތްތެރިކަމުގެ މެޗުތަކަށް ނެގި ސްކޮޑުން މޮރާޓާގެ އިތުރުން ވަނީ ޗެލްސީއަށް ކުޅެމުން އަންނަ ދެ ކުޅުންތެރިން ކަމަށްވާ ސެސް ފެބްރިގާސް އާއި ޕެޑްރޯ ރޮޑްރިގޭޒް ވެސް މިފަހަރުގެ ސްކޮޑުން ބާކީކޮށްފައެވެ.
މިދިޔަ ސީޒަންގައި ޗެލްސީ ލީގު ޗެމްޕިއަންކަން ނެގި އިރު ޗެލްސީގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ކޯޗު އެންޓީނޯ ކޮންޓޭ އާއި ދެމެދު ޖެހުނު މައްސަލައަކާއި ގުޅިގެން 7 މަސް ދުވަހަށް ވުރެ ގިނަ މުއްދަތަށް ކުޅުމާއި ދުރުގައި ހުރެފައި މިދިޔަ ޖެނުވަރީ ޓްރާންސްފާގައި އެތްލެޓިކޯ އާއި ގުޅި މޮޅު ކުޅުމެއް ދައްކަމުން ގެންދާ ޑިއޭގޯ ކޮސްޓާ ވަނީ ގިނަ ދުވަސްތަކެއް ފަހުން ގައުމީ ޓީމުން ޖާގަ ހޯދާފައެވެ. އަދި ހަމަ އެހެންމެ މިފަހަރުގެ ސްކޮޑުން ވަނީ ރިއަލްމެޑްރިޑްގެ މާކަސް އެލަންސޯއަށް ފުރަތަމަ ފަހަރަށް ޓީމުން ފުރުސަތު ލިބިފައެވެ.

ރަހުމަތްތެރިކަމުގެ މެޗަށް މެގި ސްކޮޑް

ކީޕަރުން:ޑިހެޔާ،ރެއިނާ،ކެޕާ

ޑިފެންޑަރުން:ކަވަހާލް،ޕިކޭ،ރާމޯސް،ޖޯޑީ އަލްބާ،ނާޗޯ،އެޒިޕިލިކުއޭޓާ،މާކޯސް އަލަންސޯ

މިޑިފިލްޑް:އިނިއެސްޓާ،ސިލްވާ،ކޯކޭ،އެސެންސިއޯ،އިސްކޯ،ތިއާގޯ،ރޮޑްރީ،ޕަރޭޖޯ

ފޯވާޑް:އަސްޕަސް،ޑިއޭގޯ ކޮސްޓާ،ލޫކަސް ވަޒްކުއޭޒް.ރޮޑްރިގޯ

ޓެގު