English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ފެށުމަށް ހަމަޖައްސާފައިވާ ނެވިގޭޝަން ކޯހަށް އެދި ކުރިމަތިލުމުގެ ފުރުސަތު ޖުލައި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ހުޅުވިފައިވާ ކަމަށް އެމްއެންޔޫއިން ބުނެފިއެވެ. އެމްއެންޔޫގެ ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒް ހިތަދޫ ކެޕްމަހުން މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯސް ތަކުގެ ތެރޭގައި ކޯސްޓަލް ނެވިގޭޝަން ކޯހަކާއި ނިޔަމިކަމުގެ ސެޓްފިކެޓް ކޯހުގެ އިތުރުން ފަޅުވެރިންގެ ސެޓްފިކެޓް ކޯސް ހިމެނެއެވެ. ކޯސްޓަލް ނެވިގޭޝަން ކޯސް ނިންމާ ފަރާތްތަކަށް ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުތަކުގެ ކެޓަގަރީ އޭ ގައި ހިމެނޭ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބޭނެއެވެ. އަދި ނިޔަމިކަމުގެ ސެޓްފިކެޓް ފުރިހަމަކުރާ ފަރާތްތަކަށް ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރުގެ ކެޓަގަރީ “ބީ” “ސީ” “ޑީ” އަދި “އީ” ގެ އުޅަނދުފަހަރު ދުއްވުމަށް ބޭނުންވާ ލައިސަންސް ލިބޭނެއެވެ. މީގެ އިތުރުން ފަޅުވެރިންގެ ސެޓްފިކެޓް ކޯސް ފުރިހަމަ ކުރުމުން ކެޓަގަރީ “އީ” ގައި ތަކެތި ދުއްވުމަށް ބޭނުންވާ މިންވަރަށް ދަސްކޮށްދެވޭނެއެވެ. މި ކޯސްތަކާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އެމްއެންޔޫގެ ހިތަދޫ ކެމްޕަސް، 6885053 އަށް ގުޅުމުން މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.