English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން މިހާތަނަށް 18 ރަށެއްގެ ނަރުދަމާ އަޅައި އަދި 16 ރަށެއްގައި ފެނުގެ މަސައްކަތް ނިންމާފައިވާ ކަމަށާއި މިއީ ރާއްޖޭގައި މިހާތަނަށް ވެރިކަންކޮށްފައިވާ އެއްވެސް ރައީސަކު މި މަސައްކަތް ނުކުރާ ވަރަށް ކުރެވިފައިވާ މަސައްކަތެއް ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެ އެވެ. ކިނބިދޫ ދާއިރާގެ ފަސް ރަށެއްގެ ނަރުދަމާ މަސަައްކަތާ ބެހޭ ގޮތުން ޖަވާބު ދިނުމަށް މަޖިލީހަށް މިއަދު ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ތޯރިގު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 18 ރަށެއްގައި ނަރުދަމާގެ މަސައްކަތް އަދި 16 ރަށެއްގައި ފެނުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ރަށްރަށުގެ ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ. “މިހާތަނަށް 18 ރަށެއްގައި ނަރުދަމާގެ މަސައްކަތް ވަނީ ނިންމާލާފައިވާ އިރު 21 ރަށެއްގައި ނަރުދަމާގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުން. އަދި 16 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކޮށްފައިވާ އިރު 20 ރަށެއްގެ ފެނުގެ ނިޒާމް ފެނުގެ މަސައްކަތް ދަނީ ކުރަމުން. އޭގެ އިތުރުން ހަ ރަށެއްގައި ފެނުގެ ނިޒާމް ގާއިމް ކުރަން މި އަހަރު ވެސް ފައްޓަވާނެ” މިނިސްޓަރު ވިދާޅުވި އެވެ. އައްޑޫގެ ފެނާ ނަރުދަމާގެ މަސައްކަތާ ގުޅޭގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެމްޑީޕީ ސަރުކާރުން އެ މަސައްކަތް ފެށިގޮތަށް ފަހުން ކޮންޓްރެޓް އުވާލައި ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ މަސައްކަތް އަލުން ފަށާފައި ކަމަށާއި އަންނަ އަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމާ ހިދުމަތް ދޭނެ ކަމަށް ތޯރިގު ވިދާޅުވި އެވެ. ތ. އަތޮޅުގެ ފަސް ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ނުދާތީ މެމްބަރު ރިޔާޒު ސުވާލު ކުރެއްވުމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ ބަޖެޓްގައި އެކަށީގެންވާ މިންވަރަށް ފައިސާ ހިމަނާފައިވާ ނަމަ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.  

ޓެގު